މާލޭގައި ދިވެހި ބޭސް ކުލިނިކެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކުގައި ހަށިވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެންޓީ ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓާއި ސްޕެޝަލް އޮޕަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

ރޭޭ ހިންގި މި އޮޕަރޭޝަންގައި ތިން ދިވެހިން، ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށާއި އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނެއްގެ އިތުރުން 44 އަހަރުގެ ފިރިހެނެއް ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.

މި އެންމެންނަކީ ވެސް ދިވެހިިން ކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަަމަށް ފުލުހުންގެ ހިދުުމަތުން ވަނީ ވިދާޅުވެފައެވެ.