އަމިއްލަ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެމްކޭޕީ ކެޕިޓަލް ކިޔާ ކުންފުންޏަކަށް 650،000 ޑޮލަރު ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކުރީ 1.1 މިލިއަން ޑޮލަރު ގަތުމުގެ މުއާމަލާތަކަށް ފަހު އޭގެ ތެރެއިން 650،000 ޑޮލަރަށްވާ ފައިސާ ނުދައްކާތީ އެ ކުންފުނިން ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ވަނީ 650،000 ޑޮލަރު ނަގުދު ފައިސާއިން ދިން ކަމަށް ލިލީއިން ބުނެފައި ވިޔަސް އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން އެއް މަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.
އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 10.4 މިލިއަން ޑޮލަރާއި ވަކީލު ފީ ވެސް ނަގައިދޭން އެ ކުންފުނިން އެދުނެވެ. ނަމަވެސް ކޯޓުން ނިންމީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.
މީގެކުރިން އަމިއްލަ މީހަކަށް 600،000 ޑޮލަރު ދޭން ވެސް ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!