ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުއްޖަކަށް ހަމަލާދީފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ޚަބަރު ފެތުރިފައިވިޔަސް އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންގެ ޚިދުލަތަށް ހުށަހެޅިފައިނުވާކަމަށް އެ އިދާރާއިން ބުނެފިއެވެ. ރޭ ހުޅުމާލޭގައި ލިފްޓެއްގެ ތެރޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރުނެވެ. އެކަމާއިގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ރޭ ހަމަލާދީފައިވާ ކަމަށް މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވި...
ޔުމްނާ ޢަލީ
ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ރޭ ސްވިޒަލޭންޑްގެ ޖެނީވާއަށް ވަޑައިގެންފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، “ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް” އަށް 75 އަހަރު ފުރުމުގެ މުނާސަބަތު “ހިއުމަން ރައިޓްސް 75” ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ނައިބު ރައީސް ހުސެންގެ މި ދަތުރުފުޅ...
ޔުމްނާ ޢަލީ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ކުރިމަތިލާން ފޯމު ހުށަހެޅުމަށް ގިނަ އަދަދެއްގެ މެންބަރުން މިރޭ ޕީއެންސީގެ ރަސްމީ އޮފީހަށް ހިނގައްޖެއެވެ. އެ އިއްތިހާދުގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަށް ހުޅުވައިލީ 7 ޑިސެމްބަރުން 11 ޑިސެންބަރު 2023 އަށެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ 23 […]
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނު ރަސްމީކޮށް މާދަމާ ރޭ ފަށަން ނިންމައިފިއެވެ. އެމްޑީޕީން ބުނީ، މާލެ ސިޓީ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ 3 ދާއިރާއަށް ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ޖަލްސާއަށް މާދަމާ ރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެ ޕާޓީގެ މާލޭ […]
ޔުމްނާ ޢަލީ
ދަ ޑިމޮކްރެޓިކްސް އަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާ ހިތްވަރަކާއެކު ފަށާފައިވާކަމަށް އެ ޕާޓީގެ ވިމެން ޑިމޮކްރެޓްސް ލީޑަރު، ފާތިމަތު ހަމްދާ މުހައްމަދު ބުނެފިއެވެ. ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެންމެ ބޮޑު އިންސަތައަކާއެކު މަގާމު ކާމިޔާބުކުރި ހަމްދާ ”އެކްސް”ގައި ބުނީ އެ ޕާޓީއަށް 10 ހާސް މެންބަރުން ހަމަކުރުމުގެ މަސައްކަތް އާހިތްވަރަކާއި އެކު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ. ހަމްދާ ވަނީ، ސިޔާސި މަސްރަހު މިހާ ހަލަބޮލި ދަނޑިވަޅެއްގައި ދެވަނަ ވިސްނުމަކަށް ނުގޮސް...
ޔުމްނާ ޢަލީ
މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން “މަސްވެރިންގެ ގުންޒަރު”ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފިއެވެ. ހ. މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ. މި ފޯރަމް ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާ...
މުޙައްމަދު
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނުވާނެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުންފުލުވައިދީފިއެވެ. މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރެވޭ ގޮތާމެދު ބައެއްމީހުންނަށް އޮޅުން އަރާފައިވަނިކޮށް، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވަނީއެކަން މިއަދު ސާފުކޮށްދެއްވާފައެވެ. ހަބީބު ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށ...
ޔުމްނާ ޢަލީ
އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ މުހިންމު ބައްދަލުވުމެއް ކަމަށްވާ “ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް” ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވާ ކަން އެނގިއްޖެއެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މެމްބަރު ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ އަދި އިންޑިއާގެ އިތުރުން މޮރިޝަސް ވެސް ހިމެނެއެވެ. ހަވަނަ ބައ...
މުޙައްމަދު
ރާއްޖެ އަަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ގައުމުތަކަށް އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ. ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. ރާއްޖެއާ އެކު ވިޔަފާރި […]
މުޙައްމަދު
ފުވައްމުލަކު ސިޓީގައި ސައިކަލަކާއެއްކޮށް ވެއްޓިފައި އޮތް ކުއްޖެއް ފުލުހުންނަށް ފެނިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، ކުއްޖާގެ ހާލު ސީރިއަސްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންބުނީ، އެ ކުއްޖާ ފެނުނީ ފުވައްމުލަކުގައި ރޭ މެންދަމު 3:40 ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށެވެ. ސައިކަލަކާއެކު އެކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ މާލެގަން ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުންނެވެ. އެ ކުއްޖާ އަކީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ފެނުމުން ފުލުހުން އެ ކުއްޖާ...
ޔުމްނާ ޢަލީ
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ ޤައުމުކަމަށްވާ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އިންޑިއާގެ ބައެއް ނޫސްތަކާއި ބައިނަލްއަޤްވާމީ އެހެން ބައެއް ނޫސްތަކުން ވެސް ވަނީ އިންޑިއާއިން ވަގުތީގޮތުން މި ފިޔަވަޅު އަޅާފައިވާކަމަށް ބުނެފައެވެ. އިންޑިއާގެ ”އިންޑިއާ ޓްޑޭ” ނޫހުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ ސަރުކާރުން ފިޔާގެ ބޭރުކުރުން ވަގުތީގޮތުން މަނާކުރީ ޤައުމުގެ އެތެރޭގެ ފިޔާގެ ސްޓޮކް ރަނގަޅު ކުރުމަށާއި ފިޔާގެ އަގުތައް ބޮޑުވިޔަ ނުދިނުމަށެވެ. އަންނަ އަހަރުގެ މާ...
ޔުމްނާ ޢަލީ
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، “ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން” ހުޅުވުމުގެ ރަސްމިއްޔާތުގައި ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙ...
ޔުމްނާ ޢަލީ
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ. މުހުތާޒް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ދަނގެތީ ދާއިރާއަށް ވާދަކުރައްްވާނެކަން ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. ރައީސް ޔާމީންގެ ދައުރުގެ ބައެއްގައި ޕީޖީގެ މަގާމު ފުރުއްވި، މުހްތާޒް މިއަދު ”އެކްސް” މެދުވެރިކޮށްވަނީ ރަސްމީކޮށް އެކަން ޢިއުލާން ކުރައްވާފައެވެ. ”ގައުމީ ޚިދުމަތާއި ގުޅުމުގެ ހެޔޮނިޔަތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތ...
ޙުސައިން ޝަހުދީ
ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ޗާޓަރުގެ އަސާސްތައް ނެގެހެއްޓުމަށް އައު ބާރެއްލައިގެން މަސައްކަތްކުރުމަށް ސާކް ގައުމުތަކުގެ ވެރިންގެ ކިބައިން ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ މިއަދު ފާހަގަކުރާ “ސާކް ޗާޓަރު ޑޭ”ގެ މުނާސަބަތުގައި ފޮނުއްވި ތަޙްނިޔާގެ މެސެޖެއްގައެވެ. “ސާކް ޗާޓަރު ޑޭ”ގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް ފާހަގަ ކުރަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި މި މެސެޖުގައި،...
ޔުމްނާ ޢަލީ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގާއިމްކުރި “ދިވެހިރާއްޖޭގެ ޤައުމީ އެންޓި-ކޮރަޕްޝަން އެކަޑަމީ”، މިއަދު ހުޅުވައިފިއެވެ. މި އެކަޑަމީ ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިއަދު ބޭއްވި ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. އޭސީސީން ބުނީ މިއީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ގުޅިލާމެހިގެންދާނެ ފަދައިން ތައުލީމާއި ތަމްރީނު ދިނުމާއި، ދިރާސާކުރުމާއި ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ގާއިމުކުރި ތަނެއް ކަމަށެވެ. ދިވެހިރާއްޖޭގައި އެންޓި-ކޮރަޕް...
ޔުމްނާ ޢަލީ