މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,875 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 460 ވަނަ ޞަފްޙާ

ސަރުކާރުގެ ތަރުޖަމާނަކަށް ޝަހީބު

ސަރުކާރުގެ ތަރުޖަމާނަކަށް ޝަހީބު

ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން ނުވަތަ ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިކަމުގެ ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުހައްމަދު ޝަހީބް އައްޔަން ކުރައްވައިފިއެވެ. ޝަހީބް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. ޝަހީބު އެންމެ ފުރަތަމަ ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ  1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމުންނެވެ. އޭގެ ފަހުން، ޝަހީބު ވަނީ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފައެވެ...

މުޙައްމަދު
ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި

ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި

ކުޅުދުއްފުށީ ސިޓީގެ ބަހާދަރު ބޯޓު ރޭ ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ފަރަށް އެރިއިރު ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ. ބަހާދަރު ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް […]

ޔުމްނާ ޢަލީ
ނަޝީދު ސިޔާސީ މަސައްކަތުން ފެޔަށް ޖެހިވަޑައިގެން ބޭރުގެ ވަޒީފާއަކަށް

ނަޝީދު ސިޔާސީ މަސައްކަތުން ފެޔަށް ޖެހިވަޑައިގެން ބޭރުގެ ވަޒީފާއަކަށް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެން ބޭރުގެ ޖަމާއަތެއްގެ ވަޒީފާއަކަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން މިރޭ ހާމަކުރައްވައިފިއެވެ. ސިޔާސީ މަސައްކަތްޕުޅާއި ދުރައްޖެހިވަޑައިގެން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވަން ނިންމެވިކަން ނަޝީދު ހާމަކުރެއްވީ މިރޭ އާންމު ކުރެއްވި ބަޔާނެއްގައެވެ. ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތާއި ފެޔަށް ޖެހިވަޑައިގަންނަވާފައެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ނުކުރައްވާނެކަމަށް ވަނީ ވިދާ...

ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ މައްސަލާގައި ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ

މަސްތުވާތަކެތީގެ މައްސަލާގައި ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް (އެމްސީއެސް) އިން ބުނީ، އެއީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށެވެ. އުމުރުން 59 އަހަރުގެ ޕީޓާ ތޯމަސް ޑަސް ކިޔާ މި މީހާ ކުއްލިއަކަށް ހޭނެތިގެން އޭނާ ހުންނަ ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިކަމަށް ކަރެކްޝަނުން ބުންޏ...

ޔުމްނާ ޢަލީ
މި ސަރުކާރުން ބަދަލުގެ ގޮތުގައި 101 މިލިއަން ރުފިޔާ ދިން ވާހަކަ ދޮގުކޮށްފި

މި ސަރުކާރުން ބަދަލުގެ ގޮތުގައި 101 މިލިއަން ރުފިޔާ ދިން ވާހަކަ ދޮގުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދިން ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ. https://t.co/XqIjEg5QoCWith reference to the article below, the ministry would like to clarify that no new payments have been made to compensate any such parties. A press release with details on this matter will be issued by the ministry […]

މުޙައްމަދު
މާލޭ މޭޔަރުކަމަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި

މާލޭ މޭޔަރުކަމަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ. އާޒިމްގެ އިތުރުން ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ އެމްޑީޕީ ތިން ކެންޑިޑޭޓުން ވެސް މިއަދު ވަނީ އީސީ އަށް ފޯމު ހުށަހަޅާފައެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި އެމްޑީޕީގެ އަނެއް ތިން ކެންޑިޑޭޓުން މި […]

ޔުމްނާ ޢަލީ
އައިހެވަން މަޝްރޫއު މި ސަރުކާރުން އަލުން ފަށާނަން: ސައީދު

އައިހެވަން މަޝްރޫއު މި ސަރުކާރުން އަލުން ފަށާނަން: ސައީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައިހެވަން މަޝްރޫއު އަލުން ފަށާނެ ކަމަށާއި އެ މަޝްރޫއަށް މި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މި ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް އެބައޮތް ކަމަށެވެ. ސައީދު އެގޮތަށް ވިދާޅުވި އިރު، އިހަވަންދިއްޕޮޅުގައި އައިހެވަންގެ ނަމުގައި ބޮޑު މަޝް...

މުޙައްމަދު
ޖޭއެސްސީގެ މެންބަރުކަމަށް ގާނޫނީ ވަކީލު އަލީ ޢައްޔަނުކޮށްފި

ޖޭއެސްސީގެ މެންބަރުކަމަށް ގާނޫނީ ވަކީލު އަލީ ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް، ޢަލީ ޢަބްދުއްލަޠީފް، (ގއ. ވިލިނގިލި، ބީޗުހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޢަލީ ޢަބްދުއްލަޠީފް މި މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޢަލީ ޢަބްދުއްލަޠީފް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ދިވެހ...

ޔުމްނާ ޢަލީ
މުދަލަށް ގެއްލުން ދިން މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މުދަލަށް ގެއްލުން ދިން މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މުދަލަށް ގެއްލުން ދިން މައްސަލައެއްގައި މީހަކު ހޯދަންމ ފުލުހުންގެ ޚިދުމަތުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ. އެމީހާ އެ ޢަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯ ”އެކްސް”ގައި ހިއްސާކޮށް ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތު އަންގައިދޭން އެދޭ ކަމަށެވެ. އެ ވީޑިއޯ އިން ފެންނަނީ މީހަކު ގާތަކެއް ހިފައިގެން ގެއެއްގެ ގޯތި ތެރޭގައި ވެހިކަލްތަކެއް ލައި، ހިޔާކޮށްފައިވާ ތަނަކަށް ވަންނަ މަންޒަރެވެ. އެތަނުން ކާރަކާއި ބައެއް ސައިކަލް ތައް ވެސް […]

ޔުމްނާ ޢަލީ
މާލީ ވަޒީރަށް ލަފާ އެރުވުމަށް ދެ މުޝީރުން ޢައްޔަނުކޮށްފި

މާލީ ވަޒީރަށް ލަފާ އެރުވުމަށް ދެ މުޝީރުން ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މާލީ ވަޒީރަށް ލަފާ މުޝީރުންގެ ގޮތުގައި، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް މިއަދު ދެ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފަހުން މާލީ ވަޒީރަކަށް ހުންނެވި އަހްމަދު މުނައްވަރާއި، މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުކަން ކުރައްވާފައިވާ އަހްމަދު ނަސީރެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ދެބޭފުޅުން އެ...

ޝިއުނާ އާދަމް
ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ

ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް ފާޠިމަތު ޢިނާޔާ، (މާލެ/މައްޗަންގޮޅި ރެސްޓިން ހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ. އެކަމަނާ އެ މަގާމަށް ޢައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ފާޠިމަތު ޢިނާޔާ އެންމެ ފަހުން ހުންނެވީ ޚާރިޖީ ވުޒާރާގެ ވަޒީރުގެ ނައިބުގެ މަގާމުގައެވެ. އެކަމަނާ ފޮރިން ސެކްރެޓަރީގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް ވަޒީރުންގެ ފެންވަރުގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފޮ...

ޔުމްނާ ޢަލީ
މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ހާއްސަ އޭޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ހާއްސަ އޭޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަ...

ޔުމްނާ ޢަލީ
މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭ ގޮތަށް ހަމަޖައްސައިފި

މަޖުބޫރު ހަތަރު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭ ގޮތަށް ހަމަޖައްސައިފި

އޯލެވެލްގައި ބައިވެރިވާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހަދަން ޖެހޭ އިރު، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާގައި ވަނީ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އިން ގްރޭޑް 10 ނިންމާ ހުރިހާ ދަރިވަރުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ. މީގެ ކުރިން އޯލެވެލް އެގްޒާމުގައި ފާސްވާ […]

މުޙައްމަދު
އިލްޔާސް، އުމަރު، ނާޒިމް، ފާރިސް އަދި ޒަމީލް 20،000ރ. އިން ޖޫރިމަނާކޮށްފި

އިލްޔާސް، އުމަރު، ނާޒިމް، ފާރިސް އަދި ޒަމީލް 20،000ރ. އިން ޖޫރިމަނާކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ގާނޫނުގައިވާ މިންގަނޑަށް ނުފެތޭ ގޮތަށް ފަސް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާތީ އެ ކެންޑިޑޭޓުން ޖޫރިމަނާ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން 20،000ރ. އިން ޖޫރިމަނާ ކުރުމަށް ނިންމި ކެންޑިޑޭޓުންނަކީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓު އަދި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެމްއ...

މުޙައްމަދު
ލަމްހާ ދޫކޮށްލި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަނީ

ލަމްހާ ދޫކޮށްލި މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަނީ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދު ދޫކޮށްލި މައްސަލާގައި ހައި ކޯޓުން އަޑުއެހުންތައް މިއަދު ނިންމާލައި, ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ. އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ  ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ބަންދުގައި ބޭތިއްބުމަށްފަހު އޭގެ ތެރެއިން ލަމްހާ ޝަރުތުތަކާ އެކު ކްރިމިނަލް ކޯޓުން ދޫކޮށްލަން އެންގީ […]

ހުސައިން ހަބީބް