މަހަށް ނުކުމެ އުޅުނު ބިދޭސީއަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ގއ. ވިލިނގިލިން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް ރޭ 12:25 ހާއިރު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް އެމީހާ ނިޔާވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދިންކަމަށް ފުލުހުން ބުނެއެވެ.

އެމީހާ އަކީ 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭކަންކަން ފުލުހުން ބަލަމުން އަންނަކަމަށް އެ އިދާރާއިން ބުންޏެވެ.