ރައީސް ޑރ. މުހައްމަދު މުއިއްޒު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މަރިޔަމް ޒުލްފާ މިއަދު އައްޔަނުކުރައްވައިފިއެވެ.

ޒުލްފާ އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ޒުލްފާ އަށް މަގާމުގެ ފަތްކޮޅު ދެއްވައިފައެވެ. އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަފްޝަން ލަތީފް މިދިޔަ 15 މެއިގައި އިސްތިއުފާ ދެއްވުމުންނެވެ.

Ad
rt

ޒުލްފާއަކީ ކޮންސްޓިޓިއުޝަނަލް ލޯއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އާބާދީ އާއި ޕްލޭނިން އާއި ބިޒްނަސް އެޑިއުކޭޝަނާއެކު ޕީއެޗްޑީވެސް ހާސިލު ކުރައްވައިފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒުލްފާ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ނަޝީދު އަމިއްލަފުޅަށް ރައީސް ކަމުން އިސްތިއުފާ ދެއްވުމުން އޭރު އެކަމަނާ ދިރިއުޅުއްވުން ރާއްޖެ އިން ބޭރަށް ބަދަލު ކުރެއްވިއެވެ.

ނަމަވެސް 11 އަހަރުގެ ދިގު މުއްދަތަކަށް ފަހު އެކަމަނާ ވަނީ މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ ވަޑައިގެންފައެވެ. ޒުލްފާ މި ފަހުން ވަނީ ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ވެސް ގުޅިވަޑައިގެންފައެވެ.