ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް ރައީސް ނިންމަވާފައި ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ ލަފަޔާއެކު މިދިޔަ އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކޮށްދެއްވާނެ ކަން ރައީސް މުޢިއްޒު ޢިއުލާން ކުރައްވާފައި ވަނީ 13 ނޮވެމްބަރު 2023ގައި ރާއްޖޭގެ ނޫސްވެރިންނާއެކު އެރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ''ނޫސްވެރިންގެ ގުންޒަރު'' ބައްދަލުވުމުގައެވެ.
''އަޅުގަނޑުމެން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައި ގްރޭޓަރ މާލޭ ރީޖަންގައި މީޑިއާތަކަށް ޚާއްސަ މީޑިއާ ކްލަބެއް، މީޑިއާ ވިލެޖެއް ޤާއިމުކުރަން، މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ކޮންސެޕްޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެ ކަމަށް މަގުފަހިކުރާނަން'' ޑރ. މުޢިއްޒު އެރޭ ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!