ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމަށަ ސަމާލުވާން އެދޭ ކަމަށެވެ.
މީގެ އިތުރުން ގަދަ ވަޔާއެކު މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެފައި ވާތީ، މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލު ނުދުއްވުމަށް ވެސް ފުލުހުން އެދިފަވެއެވެ.
ޒަރޫރީ ދަތުރުތައް މެނުވީ މިވަގުތު ނުކުރުމަށާއި، އަދި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
މި ސަރަހައްދަށް ރޭއްސުރެ ވެހެމުންދާ ވާރޭގެ އިތުރުން މިއަދު ވަނީ ދިގު ދެމިގެންދާ ބޯ ކެރި ވެސް ވެހިފައެވެ.
މާލެ ސަރަހައްދަށް ކުރާ ގަދަ ވިއްސާރައިގެ ސަބަބުން ބައެއް އިމާރާތްތަކަށް ފެން ވަދެފައިވާއިރު، ބައެއް ރަށްތަކުގެ ބައެއް ގެތަކުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!