ޑިމޮކްރެޓްސް އިން ޕްރައިމަރީ އަށް ހުޅުވައިލައިފި
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓިކްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެ ޕާޓީގެ ޕްރައިމަރީ އަށް އިއްޔެ ހުޅުވާލައިފިއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލައި އެ ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ 17 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު އެވެ. މި ޕްރައިމަރީއަށް ކުރިމަތިލިމުށް އެދޭ އެ ޕާޓީގެ މެމްބަރުންނަށް އެ ފުރުސަތު، އިއްޔެއިނ...