''އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ''
އަންހެނުންނަށް ޚާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. އައިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގެ ހަދާފައިވާ ކޮންޓެއިނާ ޕާކު ސަރަޙައްދުގައި ކުރިއަށް ގެންދާ ”ހިޔަލަ ވީކެންޑް މާކެޓް” ހުޅުވައިދެއްވައި ދެއްކެވި ވާހަކާގައެވެ. އަންހެނުނަށް ޚާއްޞަ 100 މިލިއަން ރުފިޔާގެ ”ސްޓާޓްއަޕް ލޯން ސްކީމް” އެއް ތައާރަފް ކުރުމަށް ރައީސް ޑރ. މުޙައްމަދު […]