މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 435 ވަނަ ޞަފްޙާ

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަނީ

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަނީ

ދޮށީ އުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލަން ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމެވި ކަންތައްތަކާއިގުޅޭގޮތުން މިއަދު ހަވީރު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ. ނާޒިމް ވިދާޅުވިގޮތުގައި، މިކަމާއިގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު...

ޔުމްނާ ޢަލީ
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދައިފި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ” މިއަދު އުފައްދަވައިފިއެވެ. މި އިދާރާ އުފައްދަވައި ރައީސްގެ ފަރާތްޕުޅުން ނެރުއްވި ދެންނެވުމުގައިވާގޮތުން މިތަން ހިނގަމުންދާނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް)އާއި ގުޅިފައިވާ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. “މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކ...

ޔުމްނާ ޢަލީ
އައްމަޓީ ފުރަން ހުއްދަ ދިނީ ގޯސްކޮށް: ސުޕްރީމް ކޯޓް

އައްމަޓީ ފުރަން ހުއްދަ ދިނީ ގޯސްކޮށް: ސުޕްރީމް ކޯޓް

ސީލައިފް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޕާސްޕޯޓް ދޫކުރަން ދަށު ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ. ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ ދިނުމަށް އަންމަޓީގެ ފަރާތުން ހުށަހެޅީ މައިބަދައިގެ އޮޕަރޭޝަނެއް ކުރަންޖެހޭތީ ކަމަށް ބުނެ އެވެ. އަދި ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ދަމަހައްޓައިފަ އެވެ.  އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލާގައި އެ ކޯޓުން […]

ހުސައިން ހަބީބް
ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމް އަނެއްކާވެސް ބާއްވަނީ

ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމް އަނެއްކާވެސް ބާއްވަނީ

ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫގައި ގްރީން ހައުސްގައި ގަސްއިންދާނެ ގޮތުގެ ތަމްރީން ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމަށް ބޭނުންވާ ބައިވެރިން ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) އިން ގްރީން ހައުސްގައި ގަސްއިންދާ ހައްދާނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން އެ ރަށުގައި ހިންގި ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ގާއިމްކޮށްފައިވާ ގްރީން ހައުސްތަކުގައި ގަސް އިންދައި ހައްދާނެ ގޮތުގެ ދެވަނަ ޕްރޮގްރާމެއް އަންނަ ފެބްރުއަރީ މަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ...

އިބްރާހިމް ޚަލީލް
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގައި

ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގައި

ފުވައްމުލައް ސިޓީގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އެ މީހާ އަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލްގައެވެ. އެކަމަކު، އިތުރު ފަރުވާ އަށް އެމީހާ ރޭގެ ވަގުތެއްގައި ވަނީ […]

މުޙައްމަދު
އެއާ އެމްބިއުލާންސްއާއެކު ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ހައްލުވާނެ: ހަލީލް

އެއާ އެމްބިއުލާންސްއާއެކު ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ހައްލުވާނެ: ހަލީލް

އަންނަ މާޗް 1 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ އެކުގައި ބަލި މީހުން އުފުލުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ސަރުކާރުން ވަނީ […]

މުޙައްމަދު
އިންޑިއަން ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

އިންޑިއަން ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ

ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 5282 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް ކާލްސްބާގު ރިޖަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑު ކުރެވުނެވެ. މި […]

ޔުމްނާ ޢަލީ
ކުއްޖާ މާލެ ނުގެނެވި ލަސްވީ އިންޑިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ ފެތުރީ ދޮގެއް: ސަރުކާރު

ކުއްޖާ މާލެ ނުގެނެވި ލަސްވީ އިންޑިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ ފެތުރީ ދޮގެއް: ސަރުކާރު

ގއ. ވިލިނގިލި ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖެއް (ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު) އިތުރު ފަރުވާއަށް މާލެ ނުގެނެވި ލަސްވީ އިންޑިއާ ޑޯނިއާ ބޯޓު ބޭނުން ނުކުރަން ހަދައިގެންކަމަށް ބުނެ އޮންލައިން ނޫހަކުން ފެތުރީ ދޮގެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ބުރާސްފަތި ދުވަހު ފަރުވާއަށް މާލެ ގެނައި، މުޙައްމަދު ޖާހު ޚާލިދު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް މިއަދު ނިޔާވެފައެވެ. އެ ކުއްޖާ މާލެ ގެނައުން […]

ޔުމްނާ ޢަލީ
ބަލި މީހުން ކުއްލި ފަރުވާއަށް އުފުލުން އިސްލާހްކުރަން ރައީސް އަންގަވައިފި

ބަލި މީހުން ކުއްލި ފަރުވާއަށް އުފުލުން އިސްލާހްކުރަން ރައީސް އަންގަވައިފި

ބަލި މީހުން ކުއްލި ފަރުވާއަށް އުފުލާ ނިޒާމު އިސްލާހްކުރަން ރައީސް  ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ. ރައީސް މިގޮތައް އެންގެވީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ޞިއްޙީ ފަރުވާ ދެމުން ގެންދަނިކޮށް، އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ނިޔާވި ހާދިސާއާއި ގުޅިގެންނެވެ. މަރުޙޫމް މުޙައްމަދު ޖާހު ޚާލިދުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ވިލިނގިލިން މާލެއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ...

ޔުމްނާ ޢަލީ
ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން މަރާމާތުކޮށް ރޯދައަށް ނިންމަނީ

ޖުމްހޫރީ މައިދާނުގެ ފެން އަރުވާ ވަޑާން މަރާމާތުކޮށް ރޯދައަށް ނިންމަނީ

ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތު ކުރާ އިރު، އެ ތަން ކުރިއަށް ވުރެ ފުރިހަމަ ކުރައްވާނެ ކަމަށެވެ. އަދި ރޯދައަށް އާންމުކޮށް ހުޅުވާލުމަށް ރައީސް […]

މުޙައްމަދު
މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް

މާފުށީ ޖަލުގައި ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް

މާފުށީ ޖަލުގައި ގައިދީންނަށް ކަސަބު ގެތުމުގެ ތަމްރީން ހިންގުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރުން ތައްޔާރުކުރުމަށް، ކަސަބު ގެތުމާބެހޭ ވޯކްޝޮޕެއް އެތަނުގައި އިއްޔެ ފަށައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ބުނީ އެ ސާވިސްގެ މާފުށީ ޖަލުގައި ފެށި ކަސަބު ގެތުމާބެހޭ ވޯކްޝޮޕަކީ، އެތަނުގައި މިއަހަރުތެރޭ ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ދިވެހި ޞަގާފީ މަސައްކަތްތައް ދައްކާލުމަށާއި، މިމަސައްކަތްތައް އާލާކޮށް ދިރުވާ ޖަލުގައި ޙުކުމް ތަންފިޛް ކުރަ...

ޔުމްނާ ޢަލީ
ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ

ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ

ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއެއްގެ ފައި ކަކުލުންތިރި އާއި ހިސާބުން ބުރިވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ހުޅުމާލެއާއި ދިމާ ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވިންއަށް ގޮސް މައްޗަށް އެރިވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައިޖެހި މީހަކަށް އަނިޔާވެފައިވާ މައްސަލަ މިއަދު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެމެރިކާގެ އުމުރުން 63 އަހަރުގެ ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުނެއެވެ. ”އެމީހާގެ ފައިގެ ކަކުލުން ތިރިއެއްކޮށް ވަނީ ބުރ...

ޔުމްނާ ޢަލީ
ރައީސް މުއިއްޒުގެ މެސެޖަކާއެކު މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ

ރައީސް މުއިއްޒުގެ މެސެޖަކާއެކު މާލޭގެ ބިންވެރިންގެ ސައްލާ މިރޭ ބާއްވަނީ

ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާ އެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަން ޕާކުގައެވެ. މި ބައްދަލުވުން ބާއްވަނީ ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަންގެ ފަރާތުންނެވެ. އެ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް ޑރ. މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު ލިބިވަޑައިގެންނެވި […]

މުޙައްމަދު
މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާއިރު %3 ގެ ދަށްވުމެކެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ […]

މުޙައްމަދު
''ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތައް ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު''

''ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތައް ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު''

ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޢުދުވާންތަކަކީ ޤަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ޚިލާފު އުދުވާންތަކެއްކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެވެ. ނައިބު ރައީސް ހުސެން މިހެން ވިދާޅުވީ ޔުގެންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުންނެވެ. މި ސަމިޓުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، އަދުގެ ދުނިޔޭގައި އިންސާނުންނަށް ލިބިފައިވާ ކުރިއެރުންތަކެކޭ އެއްގޮތަށް ބޮޑެތި މައްސަލަތަކާ...

ޔުމްނާ ޢަލީ