މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “ޢިޝާ ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 438 ވަނަ ޞަފްޙާ

އިންތިޚާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރުން އަންނަ ހޯމަ ދުވަހުގެ ރޭ

އިންތިޚާބީ މޭޔަރާއި ކައުންސިލަރުން ހުވާކުރުން އަންނަ ހޯމަ ދުވަހުގެ ރޭ

މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށާއި، މާލެ ސިޓީގެ ތިން ދާއިރާ އަކަށް ކައުންސިލަރުން އިންތިޚާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ބޭފުޅުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ. އެކަން ހާމަކުރައްވައި، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ އެ ރަސްމިއްޔާތު ބާއްވަން […]

ޔުމްނާ ޢަލީ
ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި

ޕީޕީއެމް/ޕީއެންސީ މަޖިލިސް ޕްރައިމަރީ ޖެނުއަރީ 27 ގައި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައި އިއްތިހާދު (ޕްރޮގްރެސިވް ކޯލިޝަން)އިން ބާއްވާ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީ 27 ގައި ބާއްވަން އެ އިއްތިހާދުން ނިންމައިފިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ބާއްވަން ޕީޕީއެމް/ޕީއެންސީ އިއްތިހާދުން ކުރިން ނިންމާފައި ވަނީ 23 ޑިސެންބަރު 2023 ގައެވެ. ނަމަވެސް 15 ޑިސެމްބަރު 2023 ގައި އެ ތާރީޚް ފަސްކޮށް ޖެނުއަރީ 20 ގައި ބާއްވަން ތާރީޚަށް […]

ޝިއުނާ އާދަމް
ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭގޮތް ހަދައިފި

ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭގޮތް ހަދައިފި

“ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭގޮތަށް ހަދައިފިއެވެ. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ، “ވަންގަވް” ޕްލެޓްފޯމް މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް އަދި ބަދަލުގެނައުމަށް ހުށަހެޅޭގޮތައް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ. މި ބަދަލަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު ”ހަފުތާ14”ގައިވާ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގެ ޚިދުމަތް ފަސޭހަކަމާއެކު...

ޔުމްނާ ޢަލީ
ގޭގައި ތިބެގެން މެމޯ ހެއްދޭނެ އިންތިޒާމާއި އެކު އައިޖީއެމްއެޗުގައި އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކެއް

ގޭގައި ތިބެގެން މެމޯ ހެއްދޭނެ އިންތިޒާމާއި އެކު އައިޖީއެމްއެޗުގައި އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކެއް

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކެއް ހުޅުވައި، ގޭގައި ތިބެގެން ވެސް މެމޯ ހެއްދޭނެ އިންތިޒާމް ސަރުކާރުން މިއަދު ހަމަޖައްސައިދީފިއެވެ. އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްރަށްވެހިންނަށް ޚާއްޞަ ކްލިނިކް ހުޅުވައި، މެމޯ ހެދުމުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް އެވެ. އިސްރަށްވެހީންނަށް ޚާއްސަ ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއް...

ޔުމްނާ ޢަލީ
ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ

ހުއްދަ ނެތި ދެ ކުންފުންޏަކުން އުމްރާއަށް މީހުން ގެންދަން ފައިސާ ނަގަނީ

އިސްލާމިކް މިނިސްޓްރީގެ ހުއްދަ ނެތި ރާއްޖޭގެ ދެ ކުންފުންޏަކުން އުމްރާ އަށް މީހުން ގެންދާ ކަން ފާހަގަކުރެވިފައިވާތީ އުމްރާ އަށް ދިއުމަށް އެ ދެ ކުންފުންޏަށް ފައިސާ ނުދިނުމަށް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރި ދެ ކުންފުންޏަކީ “އަލް މަޝްއަރު ހައްޖު އުމްރާ” އާއި “ވަޑި ހައްޖު އެންޑް އުމްރާ” ކުންފުންޏެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ “އަލް މަޝްއަރު ހައްޖު އުމްރާ” އާއި “ވަޑި ހައްޖު އެންޑް އުމްރާ” ގްރޫޕަކީ […]

މުޙައްމަދު
ހަނގުރާމަތަކަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި: އިހުސާން

ހަނގުރާމަތަކަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި: އިހުސާން

ރާއްޖެ އިން ބޭރުގައި ކުރަމުން އަންނަ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާން ބޭނުންވާ ދިވެހިން އަދިވެސް އެބަތިބި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ބޭނުންވާ ދިވެހިން އަދިވެސް ރާއްޖޭގައި ތިބި ކަމުގެ މައުލޫމާތު އެކިއެކި ތަހުގީގުތަކާއި އިންޓަލިޖެންސް ރިޕޯޓްތަކުން އެނގިފައިވާ ކަމަށެވެ. އެހެންކަމުން ވިސްނަން ޖެހޭ ކަމަކީ ހަނގުރ...

މުޙައްމަދު
''ދިފާޢީ ބާރަށް ޒަމާނީ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ދަނީ ކުރަމުން''

''ދިފާޢީ ބާރަށް ޒަމާނީ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ދަނީ ކުރަމުން''

ދިވެހި ދިފާޢީ ބާރަށް ޒަމާނީ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ބުނެފިއެވެ. އެވުޒާރާއިން މިއަދު ހަވީރު ނެރުނު ނޫސްބަޔާނެއްގައި ދިވެހި ޤައުމީ ދިފާޢީ ބާރަށް ޤާނޫނުއަސާސީ އާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި ކަންކަން ބަޔާންކޮށް ބުނީ ވެހި ދައުލަތް ހިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަކީ ދިފާޢީ ބާރުގެ މައްޗަށް މަތިކުރެވިފައިވާ ކަންކަކަމަށެވެ. މީގެ އިތުރުން ރާއ...

ޔުމްނާ ޢަލީ
ސީރިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެއަށް، ގިނައީ ކުޑަކުދިން

ސީރިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެއަށް، ގިނައީ ކުޑަކުދިން

ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިޔަ ފަސް އާއިލާއެއްގައި ހިމެނޭ 21 ދިވެއްސަކު ރޭ ފަތިހު މާލެ ގެނެސްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދިންނާއި ފަސް އަންހެނުންނާއި ފިރިހެނަކު ކަމަށެވެ. އެ މީހުން ރާއްޖެ ގެނައުމަށް ފަހު ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ތަނުގައި އެކިއެކި ޕްރޮގްރާމްތައް […]

މުޙައްމަދު
ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލައިފި

ކީރިތި ޤުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމާއި މުރާޖަޢާ ޕްރޮގްރާމްގައި ބައިވެރިވާން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ރޭ ހުޅުވައިލައިފިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ރޭ ކުރި ޢިއުލާނެއްގައި ބުނެފައިވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން އެ މަރުކަޒުގެ ފަރާތުން ޤުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފެށުމަށް ނިންމާފައިވާތީ، އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލާކަމަށެވެ. މިގޮތުން އެ މަރުކަޒާއި، އިސްލާމީކަންތައްތަކާބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދަން...

ޔުމްނާ ޢަލީ
ޤުރްއާން ކިޔަވާނެ މީހުންގެ ދަފުތަރެއް އެކުލަވައިލަނީ

ޤުރްއާން ކިޔަވާނެ މީހުންގެ ދަފުތަރެއް އެކުލަވައިލަނީ

ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ނިންމައި، އެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މިރޭ ހުޅުވައިލައިފިއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި ޢިއުލާނެއްގައި ބުނީ، ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ބޭނުންވާކަމަށެވެ. އެހެންކަމުން ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ އެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅު...

ޔުމްނާ ޢަލީ
މާލޭ ސޯޝަލް ސެންޓަރުގައި މެޑިކަލް ފެސިލިޓީއެއް އިފްތިތާޙްކޮށްފި

މާލޭ ސޯޝަލް ސެންޓަރުގައި މެޑިކަލް ފެސިލިޓީއެއް އިފްތިތާޙްކޮށްފި

މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ މިރޭ އިފްތިތާޙްކޮށްފިއެވެ. ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ މެޑިކަލް ރޫމް، ދަށްވެގެން ވަކި ޞިއްޙީ މިންގަނޑެއްގައި ޤާއިމުކޮށްފައި ހުންނަންޖެހެއެވެ. މިގޮތުން މާލޭގެ ސޯޝަލް ސެންޓަރުގައި މިނިމަމް މެޑިކަލް ރިކުއަޔާމަންޓްސް ފެސިލިޓީ އިފްތިތާހްކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ފެސިލީ އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ސޯޝަލް ސެންޓަރުގައި މި ފެސިލިޓީ ގާއިމުކުރީ ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާ...

ޔުމްނާ ޢަލީ
ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ކާގޯ ޓާމިނަލް މިއަދު ހުޅުވައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެވެ. ޖާގައިގެ ގޮތުން ތަނަވަސް އާ ކާގޯ ޓާމިނަލް ހަދާފައި ވަނީ ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި އެވެ. މިތަނަކީ ކުރީގެ ޓަމިނަލަށްވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ތަނެކެވެ. ކުރީގައި ބޭނުންކުރަމުން އައި ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ […]

ޔުމްނާ ޢަލީ
ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފި

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ ޢިއުލާންކޮށްފި

މާލޭގެ މޭޔަރުގެ އިތުރުން ތިން ކައުންސިލަރުން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ރަސްމީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ޢިއުލާންކުރި ރަސްމީ ނަތީޖާގައި ބުނާގޮތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވި އާދަމް އާޒިމް އެ މަގާމު ކާމިޔާބު ކުރެއްވީ ވޯޓުދިން މީހުންގެ 44.81 ވޯޓު ހޯއްދަވައިގެންނެވެ. އެއީ 7621 ވޯޓެވެ. އާޒިމްއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު...

ޔުމްނާ ޢަލީ
ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ޤައުމިއްޔަތު މާއްދާ އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި އަންނަ ދިރޭސީ އަހަރު ކިޔަވައިދޭން ފަށަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ހާމަކުރަން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބުދުﷲ ނާޒިމް އިބްރާހިމް އެވެ. ސޯޝަލް ކައުންސިލްގެ ބައްދަލުވުމުގެ ބައެއް ނިންމުންތައް ވެސް އިއްޔެ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި ނިނ...

ޔުމްނާ ޢަލީ
ސިފައިން ބޭލުން އަވަސް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ސިފައިން ބޭލުން އަވަސް ކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުން އަވަސް ކުރަން ރާއްޖެ އާއި އިންޑިއާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އްޖޭގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފިއެވެ. މިދިޔަ މަހުގެ ކުރީކޮޅު ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބައްދަލު ކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ދެ ގައުމުގެ މެދުގައި ކޯ-ގްރޫޕެއް އުފެއްދެވުމަށް ނިންމަވައިފައެވެ. “ހައި ލެވެލް ކޮމިޓީ” އެއް އުފައްދައި އެ ކޮމިޓީގެ […]

މުޙައްމަދު