އަންނަ މާރިޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންގެ ކުށުގެ ރެކޯޑު ސާފުކުރަން ފަސޭހަ އިންތިޒާމުތަކެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން (ޕީޖީ އޮފީސް) ހަމަޖައްސާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންގެ ކުށުގެ ރެކޯޑު އެ އޮފީހުން ސާފުކޮށްދިނުމަށް ވަނީ ތައްޔާރުވެފައެވެ.

Ad
rt

''ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނަމެވެ. ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނަން'' ޕީޖީ އޮފީހުން ބުނެފަވެއެވެ.

މި މަސައްކަތް ކުރިއަށްދާއިރު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލުކޮށްކުރެވޭނެ ކަމަށާއި، މިކަމާބެހޭ އެއްވެސް ސުވާލެއް އޮތްނަމަ، އެ އޮފީހުގެ ނަންބަރު 3000655 އާ ގުޅުމަށް ޕީޖީ އޮފީހުން ވަނީ އެދިފައެވެ.

ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގައި ޢަމަލުކުރާގޮތް، މިލިންކުން ފެންނަ ގޮތައް އެ އޮފީހުން ވަނީ ހަދާފައެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.