މަޖިލީހުގެ އިންތިޚާބު އޭޕްރިލް 21 ގައި
ރޯދަމަހުގެ ފަހުން އިންތިޚާބުތައް ބޭއްވުމަށް ޤާނޫނަށް ގެނައި އިސްލާހްގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާއެކު އިންތިޚާބުގެ އައު ތާރީޚް މިރޭ ޢިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި އިންތިޚާބު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް މިއަދު ތަޞްދީޤުކުރެއްވުމާއެކު އީސީން މިރޭ ބުނިގޮތުގައި ދެން 20 ވަނަ މަޖިލީހުގެ […]