މަކުނުދޫ އެއާޕޯޓު ނިންމައި މި އަހަރު ހުޅުވަނީ
ހދ. މަކުނުދޫ އެއާޕޯޓު މި އަހަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި މަކުނުދޫ، ލިބަޓީ، އިފާސާ އަހުމަދު ކުރި ސުވާލުގައި ބުނީ މަކުނުދޫއަކީ ވަރަށް ދުރުގައި، އެކަހެރިކޮށް އޮންނަ ރަށެއް ކަމަށާއި އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫވާ ކަމަށެވެ. މިހާރު ކުރިއަށްދާ އެއާޕޯޓުގެ މަޝްރޫއު ނިމި، ދަތުރު ކުރަން ފެށޭނީ ކޮން ދުވަހެއްގައިތޯ އޭނާ ސުވާލު ކުރިއެވެ. ރައީސް ޑރ. މުއިއްޒު […]