މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 415 ވަނަ ޞަފްޙާ

އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅަން ބޭނުމެއް ނޫން: ރައީސް

އަޅުގަނޑާ ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅަން ބޭނުމެއް ނޫން: ރައީސް

އެމަނިކުފާނާ ދިމާލަށް އެއްޗެއް ބުނެގެން ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނާ ގުޅޭ ގޮތުން ސަރުކާރުގެ ކުންފުންޏެއްގެ މުވައްޒަފަކު ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން އެ މުވައްޒަފުގެ މަގާމު ދަށްކުރި ކަމުގެ ވާހަކަ ބައެއް ނޫސްތަކުން ފެނިވަޑައިގެންފ...

މުޙައްމަދު
އައްޑޫގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހަށި ވިއްކާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އައްޑޫގައި ހިންގި އޮޕަރޭޝަންގައި 10 މީހުން ހައްޔަރުކޮށްފައިވަނީ ހިތަދޫ އަދި މަރަދޫން ކަމަށެވެ. ކޮންމެ ރަށަކުން ވެސް ހައްޔަރު ކުރީ ފަސް މީހުންނެވެ. އެ މީހުން ހައްޔަރުކުރީ ސްޕާއެއްގެ ގޮތަށް ހިންގަމުން ދިޔަ ތަނެއް ބަލައި ފާސް ކުރުމަށް ފަހުގައެވެ. ފުލުހުން ބުނި ގޮތުގައި ހިތަދޫން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި […]

މުޙައްމަދު
މާފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މާފުށީގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ކ. މާފުށީގައި ހިންގި މާރާމާރީގައި އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މާރާމާރީއާ ގުޅިގެން ޒަހަމްވެފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ އަށް މާފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހުގައި އިތުރު ފަރުވާ އަށް މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެއެވެ. އަނިޔާ ލިބުނު މީހާއަށް ލިބުނު ޒަހަމްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ. ފުލުހުން ބުނީ މިއަދު މާފުށީގައި އިތުރު މާރާމާރީއެއް ވެސް ހިންގާފައިވާ […]

މުޙައްމަދު
ސަރުކާރުން ހަދިޔާ ކުރާ ކާޑު ގޭބިސީތަކަށް ބަހަން ފަށައިފި

ސަރުކާރުން ހަދިޔާ ކުރާ ކާޑު ގޭބިސީތަކަށް ބަހަން ފަށައިފި

ސަރުކާރުން ހަދިޔާ ކުރުމަށް ނިންމާފައިވާ ކާޑުގެ ބާވަތްތައް މާލޭގައި މިއަދު ބަހަން ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމައިފައެވެ. މާލެ ސަރަހައްދުގައި ކާޑު ބަހާނީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ކާޑު ދޫކުރާނީ ކަރަންޓު މީޓަރު ނަންބަރަކަށެވެ. ކާޑު ބަލާ ދާއިރުގައި އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ގެންދިއުމަކީ ވެސް […]

މުޙައްމަދު
ރައީސް ފާދިއްޕޮޅަށް

ރައީސް ފާދިއްޕޮޅަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅު (ޅ. އަތޮޅު) އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައިނ ރައީސްގެ މި ދަތުރުފުޅުގައި ފާދިއްޕޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. މިގޮތުން ރައީސް ފުރަތަމަ ވަޑައިގެންފައި ވަނީ ޅ. ކުރެންދޫ އަށެވެ. ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ. ކޮމިޓީ) ތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް...

ޔުމްނާ ޢަލީ
ރޯދައަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި

ރޯދައަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް ހުޅުވައިފި

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ. އެޗްޑީސީން ބުނީ މަސްޖިދުން ޝާކިރީން ނަމުގައި އިމާރާތްކުރެވުނު މިސްކިތް ގާއިމުކުރެވިފައިވަނީ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައިކަމަށެވެ. މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ކުރުމުގެ ގޮތުން ހުޅުވި މިސްކިތެކެވެ. އެގޮތުން މިހާރު މިސްކިތަށް ދިޔުމަށް ދުރަށް ދާންޖެހުމުން ގިނަ ބަޔަކަށް ދަތިތަކާ ދިމާވެއެވެ. މި މިސްކިތުގައި އެއްފަހ...

އަޙްމަދު ވަހީދު
ޗައިނާއާއެކު އެއްބަސްވީ އަސްކަރީ އާލާތްތަކާއި ތަމްރީން ހޯދުމަށް: ރައީސް

ޗައިނާއާއެކު އެއްބަސްވީ އަސްކަރީ އާލާތްތަކާއި ތަމްރީން ހޯދުމަށް: ރައީސް

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އަސްކަރީ އެއްބަސްވުމަކީ ދިވެހި ސިފައިންނަށް ހިލޭ ތަމްރީނާއި ނަން ލީތަލް އާލާތްތައް ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އަސްކަރީ އެހީގެ އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް، ޒަން ބެއެކުންއާ ސޮއި ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. އޭގެ އެއްވެސް ތަފްސީލެއް ދެ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ދ. މީދޫ...

މުޙައްމަދު
ރައީސް ވިދާޅުވަނީ ޑޮލަރު ރޭޓް ތިރިވެ އިގްތިސާދު ރަނގަޅުވުމުގެ އަސަރު ފެންނަ ކަމަށް!

ރައީސް ވިދާޅުވަނީ ޑޮލަރު ރޭޓް ތިރިވެ އިގްތިސާދު ރަނގަޅުވުމުގެ އަސަރު ފެންނަ ކަމަށް!

ފައިސާ ޗާޕްކުރުން ހުއްޓާލުމުން އޭގެ ރަނގަޅު އަސަރު ފެންނަން ފަށާފައިވާ ކަމަށާއި ދިވެހި ފައިސާގެ އަގު ހިފެހެއްޓި، ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދ. މީދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން ބޭކާރު ހަރަދުތައް ހުއްޓާލައި ދަރަނި ދައްކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަން ފަށާފައިވާ ކަމަށެވެ. އިސްރާފު ކުޑަކުރަން މިހާރު ވެސް ފިޔަވަޅުތަކެއް […]

މުޙައްމަދު
ހުޅުމާލެ ފޭސް 2 ގައި ހެދި އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ފޭސް 2 ގައި ހެދި އާ މިސްކިތް ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ މިސްކިތްތަކުގެ ތެރެއިން ފުރަތަމަ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް”ގައި މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ މިސްކިތުގައި އެއްފަހަރާ 1،500 މީހުންނަށް ނަމާދުކުރެވޭނެ ކަމަށެވެ. ބޮޑު މިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުޅޭ މީހުންނަށް ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. މި މިސްކިތުގައި އަންނަ...

މުޙައްމަދު
ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 ގައި

ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 ގައި

ކުރިއަށް އޮތް ރޯދަ މަހު ސްކޫލްތަކުގެ ކިޔެވުން ހެނދުނު 8:30 އާއި 9:00 އާ ދޭތެެރޭ ފަށަން ނިންމައި އެކަން ސްކޫލްތަކަށް އަންގައިފިއެވެ. މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދު ކަމަށާއި ކިޔެވުން ނިމޭ އެންމެ ފަހު ގަޑިއަކީ މެންދުރު ފަހު 3:00 ކަމަށެވެ. ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ވެސް ކިޔަވައިދޭން ފަށާނީ 8:30 ގައި ކަމަށް […]

މުޙައްމަދު
ނަޝީދުގެ ކެމްޕޭންގައި ސަލަފްގެ ރައީސް ބައިވެރިވެއްޖެ

ނަޝީދުގެ ކެމްޕޭންގައި ސަލަފްގެ ރައީސް ބައިވެރިވެއްޖެ

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާ އަށް ވާދަކުރާ އެދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)ގެ ކެމްޕޭންގައި ޖަމިއްޔަތުއް ސަލަފްގެ ރައީސް ބައިވެރިވެއްޖެއެވެ. ސަލަފްގެ ރައީސް ޢަބުދުﷲ މުޙައްމަދު (ޢަބުދުﷲ ބިން ޖަނާބު) ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެ، ނޮޅިވަރަމް ދާއިރާ އަށް ދަތުރެއްކޮށްފައިވާއިރު، ނަޝީދަކީ ސަލަފްގެ ތާއީދު އޮތް ބޭފުޅެއްކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. ނަޝީދާއި އެކު އިތުރު ހަތަރު ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރައްވާއިރު ނަޝީދު މ...

އަލީ އާދިލް
''އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ކާބޯތަކެތި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދުން''

''އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ކާބޯތަކެތި ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދުން''

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ރ. އަތޮޅުގެ ހަތަރު ވަނަ މަންޒިލްގެ ގޮތުގައި އެ އަތޮޅު އިނގުރައިދޫ ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ”ފުޑް ސެކިއުރިޓީ” ޤާއިމުކުރުމަށް މި ސަރުކާރުން ކުރަމ...

ޔުމްނާ ޢަލީ
ރޯދަ މަހުގެ ފެނާއި ކަރަންޓް ބިލަށް ބޮޑު ލުޔެއް ދެނީ

ރޯދަ މަހުގެ ފެނާއި ކަރަންޓް ބިލަށް ބޮޑު ލުޔެއް ދެނީ

ރޯދަ މަހު ކަރަންޓާއި ފެނުގެ ބިލް ބޮޑު ނުވާނެ ގޮތަށް “ކެޕް” ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، ކަމާބެހޭ ފަރާތްތަކަށް އެކަން އަންގަވައިފިއެވެ. ރައީސް ޑރ. މުއިއްޒު، ރ. އަތޮޅަަށާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. އޭދަފުއްޓަށް ވަޑައިގެން ރޭ ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާ އެކީގައި ރައްޔިތުންނަށް ފަސޭހަވެ، ލުއި ވާނެ ކަންތައްތަކެއް ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަމަޟާން މަހަކީ އާންމުކޮށް […]

މުޙައްމަދު
ޕާކުކޮށްފައި އޮތް ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ޕާކުކޮށްފައި އޮތް ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީގައި ޕާކުކޮށްފައި އޮތް އެތަނުގެ ވޭނެއްގައި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލޭ ގުލްއަލާމާ ހިންގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލު ގޮސް ވޭނުގައި ޖެހުމުން، ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެ، ސައިކަލް ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓު ވެފައި ވަނިކޮށް ފެނުނީ ފުލުހުންނަށެވެ. އެއީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން […]

މުޙައްމަދު
ބުރާސްފަތި ދުވަހުން ފެށިގެން ގަވައިދާ ހިލާފަށް ޕާކްކުރާ ނަމަ ފިޔަވަޅު އަޅަނީ

ބުރާސްފަތި ދުވަހުން ފެށިގެން ގަވައިދާ ހިލާފަށް ޕާކްކުރާ ނަމަ ފިޔަވަޅު އަޅަނީ

ގަވާއިދާއި ހިލާފަށް ޕާކް ކުރާ މައްސަލަ ބޮޑުވެފައިވާތީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކް ކުރާ ނަމަ، ފިޔަވަޅު އަޅަން ފަށާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތި ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރިތަނަކަށް މަގުމަތި ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ. އެގޮތުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކާއި މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކަށް ހާއްސަ ޕ...

މުޙައްމަދު