މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 419 ވަނަ ޞަފްޙާ

ތަހުލީލުތަކަށް ފަހު ޕެނަޑޯލް ބޭނުންކުރުމުގެ ހުއްދަ ދީފި

ތަހުލީލުތަކަށް ފަހު ޕެނަޑޯލް ބޭނުންކުރުމުގެ ހުއްދަ ދީފި

ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ބޭސް، ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ކެއުމާއި ވިއްކުން މަނާކޮށްފައި އޮތުމަށްފަހު އަލުން އެ ބޭސް ބޭނުންކުރުމުގެ ހުއްދަ އިއްޔެ ދީފިއެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ޕެނަޑޯލްގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދި އެ ބޭސް ނުކެއުމަށާއި ނުވިއްކަން އެންގީ 30 ޖެނުއަރީ 2024 ގައެވެ. އެމްއެފްޑީއޭ އިން މިގޮތައް އެންގީ ރާއްޖެ އެތެރެކޮށް ވިއްކާ ކޮންމެ […]

ޔުމްނާ ޢަލީ
އަކުރު ޓައިޕް: ރީތި ދިވެހި ފޮންޓްތައް އެއް ޕްލެޓްފޯމަކުން

އަކުރު ޓައިޕް: ރީތި ދިވެހި ފޮންޓްތައް އެއް ޕްލެޓްފޯމަކުން

ދިވެހި ފޮންޓްސް އަށް ޚާއްސަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި ‘އަކުރު ޓައިޕް’ މިއަދު ލޯންޗުކޮށް, އާންމުކޮށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައިފި އެވެ. ދިވެހި ބަހުގެ ތަފާތު ތަޖުރިބާއަކަށް, ތާނަ އަކުރުގެ މުޅިން ތަފާތު ފަރުމާތަކެއް އިހްތިޔާރުކުރުމަށް www.akurutype.com އަށް ޒިޔާރަތް ކުރައްވާށެވެ. ދިވެހި ބަހާއި ސަގާފަތް އަދި ތަރިކަ މިނިސްޓްރީގެ އިއްޒަތްތެރި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް މިއަދު ލޯންޗުކޮށް ދެއްވި އަކުރު ޓައިޕްގެ މަގުސަދަކީ ދިވެހި އަކުރުގެ އަގު ނުހަނު ބޮޑަށް ވަޒަން […]

އަލީ އާދިލް
ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ

ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދެނީ

ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ވޯޓާ ސްޕޯޓްސް އާއި ދިމާ ކަނޑު މަތީގައި ކަމަށެވެ. މި އެކްސިޑެންޓްގައި ދެ މީހަކަށް އަނިޔާވެ، އެ މީހުންނަށް ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޔުމްނާ ޢަލީ
ގއ.ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އަޅަން ސޮއިކޮށްފި

ގއ.ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އަޅަން ސޮއިކޮށްފި

ގއ. ވިލިނގިލީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ، ރައީސް ޑރ. މުޢިއްޒު، މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ އެން.ވީ.ބެސިކްސް އެސް.އޭ ކުންފުންޏާއެވެ. މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ބެލްޖިއަމް ކުން...

ޔުމްނާ ޢަލީ
މާފުށީގައި ގެނބުނު މީހަކު ފަރުވާދެނިކޮށް ނިޔާވެއްޖެ

މާފުށީގައި ގެނބުނު މީހަކު ފަރުވާދެނިކޮށް ނިޔާވެއްޖެ

ކ. މާފުށީގައި ގެނބުނު މީހަކު ފަރުވާދެނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އާއި ދިމާ ނެރުކައިރިން މީހަކު ގެނބިގެން އެ މައުލޫމާތު މިއަދު 10:25 ހާއިރު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެމީހާ އަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުނެއެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ޗައިނާ އަށް ނިސްބަތްވާ […]

ޔުމްނާ ޢަލީ
ބަޖެޓް ފާސްކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވިގޮތަށް މަޝްރޫޢުތައް ހިމެނިގެންނެއްނޫން: ރައީސް

ބަޖެޓް ފާސްކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވިގޮތަށް މަޝްރޫޢުތައް ހިމެނިގެންނެއްނޫން: ރައީސް

މިހިނގާ 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ މި ސަރުކާރުން ބޭނުންވިގޮތައް މަޝްރޫޢުތައް ހިމެނިގެންނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ހަވީރު ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރު ތަންފީޒު ކުރަން ލިބުނު ދައުލަތުގެ ބަޖެޓަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ، މި ސަރުކާރުން ހަވާލުވެގެން ހެދި ބަޖ...

ޔުމްނާ ޢަލީ
ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދަނީ

ޕިކަޕެއްގެ ތެރޭގައި ހުތުރު ވައްތަރުތަކެއް ޖެއްސި މީހަކު ހޯދަނީ

ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލާގައި މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއްޖެއްސި މައްސަލަ އެ އިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލާގައި ހޯދަމުން ދަނީ ފިރިހެނެކެވެ. ”އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ފުލުހުންދަނީ ކުރަމުން.” ފުލުހުން ބުންޏެވެ. އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ހެންވޭރު ޕޮލިސް އިންވ...

ޔުމްނާ ޢަލީ
ބްރޯޑްކޮމް އަށް ނުޒުހާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ބްރޯޑްކޮމް އަށް ނުޒުހާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމް އަށް ބޭފުޅަކު އައްޔަން ކުރަނީ މިދިޔަ އަހަރު ޖެނުއަރީ 8 ގައި ކޮމިޝަންގެ މެމްބަރަކަށް ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭގެތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމ...

މުޙައްމަދު
މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި

މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި

މަސްވެރިން މިފްކޯ އަށް ކިރާފައިވާ މަހަށްވާ ފައިސާ ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައެއް މީޑިއާތަކަށް މިރޭ ވިދާޅުވީ މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިތުރު 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވިއެވެ. މިފްކޯ އަށް މަސް ކިރުވުމަށް ފަހު، މި ސަރުކާރުން މިހާތަނަށް އައިއިރު، 442 މިލިއަން ރުފިޔާ […]

މުޙައްމަދު
ސާފު ބޯޑު ގެނައުމަށް މޯލްޑިވިއަނުން ނަގާ އަގު ކުޑަ ކުރާނަން: ރައީސް

ސާފު ބޯޑު ގެނައުމަށް މޯލްޑިވިއަނުން ނަގާ އަގު ކުޑަ ކުރާނަން: ރައީސް

މޯލްޑިވިއަންގެ މަތިންދާބޯޓުތަކުން ސާފު ބޯޑުތައް ގެނައުމަށް ނަގާ އަގު ކުޑަކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު ކުރި ސުވާލުގައި ބުނެފައި ވަނީ ރާޅާ އެޅުމަކީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ކުރިއަރަމުން އަންނަކަމަކަށްވާއިރު، ސާފް ބޯޑު އުފުލުމަށް ގާއުމީ އެއާލައިނުން ނަގާ ފީ ބޮޑު ކަމަށެވެ. އެކަމަށް ނަގާ ފީ ބޮޑުކަމުން އެ ވިޔަފާރީއަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ. “މޯލްޑިވިއަނުން މިނަގާ ސާފް ބޯޑުގެ ސާވިސް […]

މުޙައްމަދު
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ. އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ މަލަސް ރެސިޑެންސް ކައިރި ހުރި ގަސްތަކެއްގައި ކަމަށެވެ. މިހާދިސާގެ މައުލޫމާތު ލިބުމާއި އެކީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މުޙައްމަދު
ނަފްސާނީ އިޖްތިމާއި އެހީތެރިކަމަށް ޤައުމީ ހެލްޕްލައިން އިފްތިތާހުކޮށްފި

ނަފްސާނީ އިޖްތިމާއި އެހީތެރިކަމަށް ޤައުމީ ހެލްޕްލައިން އިފްތިތާހުކޮށްފި

ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ޤައުމީ ހެލްޕްލައިން މިއަދު އިފްތިތާހްކޮށްފިއެވެ. މި ހެލްޕްލައިން އިފްތިތާޙް ކުރުމަށް ސިއްހަތާބެހޭ ވުޒާރާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ހެލްޕްލައިން އިފްތިތާޙްކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބުދުﷲ ރާފިއު އެވެ. ނަފްސާނީ އިޖްތިމާޢީ އެހީތެރިކަމުގައި ގުޅާނެ ޚާއްޞަ ހެލްޕްލައިން ނަންބަރަކީ 1677 އެވެ. ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭގޮތަށް އިފްތިތާޙްކުރެވުނު މި ހެލްޕްލައިންގެ މަޤުސަދަކީ، ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތު...

ޔުމްނާ ޢަލީ
މަޖިލިސް ހުއްޓުނަސް, ކުޑަ އަދަދަކުން ރައީސް ވަކިކުރަން ފުރުސަތު ނުދެވޭނެ: އޭޖީ

މަޖިލިސް ހުއްޓުނަސް, ކުޑަ އަދަދަކުން ރައީސް ވަކިކުރަން ފުރުސަތު ނުދެވޭނެ: އޭޖީ

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަސް, މަދު އަދަދެއްގެ މެމްބަރުން ތިބެގެން ރައީސް މަގާމުން ވަކިކުރުން ފަދަ  ބޮޑެތި ނިންމުންތައް މަޖިލީހުން ނިންމަން ފުރުސަތު ނުދެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ ޖުމުލަ މެންބަރުން ކަމަށް މިހާރު ބަ...

ޔުމްނާ ޢަލީ
ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި

ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރަން ހަވާލުކޮށްފި

ގދ. ތިނަދޫގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގދ. ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ. ސަރުކާރުން މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަަމަށްވާ، ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢ...

ޔުމްނާ ޢަލީ
ސަރުކާރުން މި ކުރަނީ ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް: ރައީސް

ސަރުކާރުން މި ކުރަނީ ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް: ރައީސް

ގައުމު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތާ އެކުގައި ރައްޔިތުން ބޭނުންވާ ކަންކަން ވެސް ކުރަމުން ގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދެެކުނުގެ އަތޮޅުތަކަށް މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކުރަމުން ދާނީ ދަތިތަކުން އަރައިގަނެގެން ކަމަށެވެ. “މަޖިލިސް ހުޅުވި ދުވަހު، ގާނޫނީ ގޮތުން އެކަން ބަޔާން […]

މުޙައްމަދު