ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި އޭނާ 15 ދުވަހަށް ބަންދުކުރަން އެންގުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ ދެ މައްސަލާގެ އަޑުއެހުންތައް ފަށައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލާގެ ތުހުމަތު ކުރެވުމާއެކު, ޝަމްއާން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ އިތުރުން އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!