މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި މައްސަލަ އެ ޚިދުމަތަށް ރިޕޯޓުކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 10:02 ހާއިރު ކަމަށެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ.

އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލުގައި ދުއްވަމުން ދިޔަ ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ.

މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.