ފާޓިލިޓީ ފަންޑުން އައިވީއެފް ހަދަން 50 ދެމަފިރިއަކަށް ފުރުސަތު
ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް އެހީ ހޯދުމަށް މި އަހަރު 50 ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ. އެންސްޕާ އިން ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ، “ފަރޓިލިޓީ ކެއަރ ފަންޑް” މެދުވެރިކޮށް 2025 ވަނަ އަހަރު “އައި.ވީ.އެފް” ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައި ކަމަށެވެ. އަދި ޝަރުތު ހަމަވ...