ހއ. ދިއްދޫ އަށް ބޭނުންވެފައިވާ ވަރަށް ގިނަ ކަންކަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ.

Ad
rt

ލަތީފްގެ ވާހަކާގައި ވިދާޅުވީ، މި ބަޖެޓަކީ ރާއްޖޭގެ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ބަޖެޓެއްކަމަށެވެ. އަދި ދިއްދޫ ދާއިރާ އަށް ވަރަށް ގިނަ ކަންކަން ބަޖެޓްގައި އެބަހުރިކަމަށާއި އެހެންވެ މާގިނަ ވާހަކަ ނުދައްކަވާނެކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވަނީ ބަޖެޓްގައި ދިއްދޫ އަށް ހުރި ބައެއްކަން ވެސް ހިއްސާކުރަށްވާފައެވެ. މިގޮތުން ދިއްދޫގައި ގާއިމުކުރަން ނިންމާފައިވާ އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ އާއި ދިއްދޫ ބިންހިއްކަން ބޭނުންވާ ފައިސާ ވެސް ބަޖެޓްގައި ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑު ހީކުރީ އަޅުގަނޑުމެންގެ ހޮސްޕިޓަލެއް ނޯންނާނެކަމަށް، އިރާދަކުރެއްވީތީ ބަޖެޓްގައި ހޮސްޕިޓަލް އޮތް ވާހަކަ ވެސް ދަންނަވާލަން، އަޅުގަނޑު ހީކުރީ އިންޓަނޭޝަނަލް ފުޓްބޯޅަ ދަނޑެއްވެސް ބަޖެޓްގައި ނޯންނާނެކަމަށް، އެކަމަކު ފިނޭންސް މިނިސްޓްރީގެ ރަނގަޅުކަމުން އިންޓަނޭޝަނަލް ފުޓްބޯޅަ ދަނޑެއްވެސް އެބައޮތް، އަޅުގަނޑު ހީކުރީ ޒުވާނުންގެ މަރުކަޒެއް ވެސް ނޯންނާނެކަމަށް، އެކަމު ޒުވާނުންގެ މަރުކަޒެއް ވެސް އެބައޮތް'' ލަތީފް ވިދާޅުވިއެވެ.

މިއަދު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސް ނިންމާލާފައެވެ.