ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ސަމާލުކަމެއް ނުދެން: ޖޭއެސްސީ
ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުނުކުރާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ. ޖޭއެސްސީން މިހެން ބުނެފައި ވަނީ ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައެވެ. ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނަކީ ޤާނޫނުއަސާސީއާއި، އެ ކޮމިޝަންގެ ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުސްތ...