ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ ނުވަތަ ސަރުކާރުގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް މެދުކަނޑާލަން ނިންމައި ގަވައިދު އިސްލާހްކޮށްފިއެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ގެޒެޓްކުރި ''ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު އަށް އިސްލާހުގެނައުމުގެ ގަވާއިދު 1''ގައި ވާގޮތުން ފުލުހުންގެ ޚިދުމަތުން ރިޓަޔަރވުމަށްފަހު ދައުލަތުގެ އިންތިޚާބީ މަގާމެއް ނުވަތަ ސަރުކާރުގެ ނޫނީ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެ މަގާމެއް ފުރާ މުއްދަތުގައި، އެ މީހަކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން ލިބޭ އިނާޔަތް މެދުކަނޑާލަން ވަނީ ނިންމާފައެވެ.

Ad
rt

އެ ގަވާއިދުގައި ބުނެފައި ވަނީ މަހުންމަހަށް ދޭ ފުލުހުންގެ ރިޓަޔަރމަންޓް އިނާޔަތް ލިބޭ ފަރާތެއް ދައުލަތުގެ މަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ
ސަރުކާރުގެ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ ނަމަ، އެ މަގާމުގައި ނުވަތަ އެ ވަޒީފާގައި ދެމިހުންނަ މުއްދަތުގައި އެ ފަރާތަކަށް ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތް ދިނުން އެ މުއްދަތަށް މެދުކަނޑައިލާނެކަމަށެވެ. އަދި މިގޮތުން މެދުކަނޑައިލުމަށްފަހު ރިޓަޔަރމަންޓުގެ އިނާޔަތުގެ ގޮތުގައި މަހުންމަހަށް ލިބޭ ފައިސާ އަލުން ލިބިދެވޭނ،ީ ރިޓަޔަރވުމަށްފަހު
އަދާކުރަން ފެށި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންކަމަށް އެ ގަވާއިދުގައި ބުނެފަވެއެވެ.

އެހެންކަމުން ރިޓަޔަރވެފައިވާ މީހަކު އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިޚާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުންޏެއްގެ ޒީފާ އަދާކުރަން ފަށައިފައިވާކަން ލިޔުމުން ފުލުހުންގެ އިދާރާއަށް އަންގަންވާނެކަމަށް މިގަވާއިދުގައި ބުނެފަވެއެވެ. މިގޮތަށް އަންގަންޖެހޭ އެންގުން ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް ރިޓަޔަރމަންޓް އިނާޔަތުގެ ފައިސާ ދޫކުރެވިއްޖެ ނަމ،ަ ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާ ގޮތެއްގެ މަތީން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެ ފައިސާ އަނބުރާ
ދައްކަންޖެހޭގޮތަށް ވެސް ގަވާއިދުގައި ވަނީ ހިމަނާފައެވެ.

މި ގަވާއިދުގައިވާ ގޮތުގެ މަތީން ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރވެފައިވާ ފަރާތެއް ދައުލަތުގެ އިންތިޚާބީ މަގާމަކަށް ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާއަކަށް އެނބުރި އައުމަށްފަހ،ު އެފަދަ ފަރާތަކަށް އައު ވަޒީފާއިން ވަކިވާއިރު އިތުރު ނުވަތަ ރިޓަޔަރމަންޓް އެހެން ޕެކޭޖެއް ހަމަޖައްސައިދޭ ނަމަ، ރިޓަޔަރވި ފަރާތުނ،ް މި ގަވާއިދުގެ ދަށުން ހަމަޖައްސައިދޭ ރިޓަޔަމަންޓް އިނާޔަތް ނުވަތަ އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިނާޔަތް އިޚުތިޔާރު ކުރެވޭގޮތަށް ވެސް ގަވާއިދުގައި ވަނީ ހިމަނާފައެވެ. އަދި އެ ފަރާތުން އައު ވަޒީފާއިން ލިބޭ ރިޓަޔަރމަންޓް އިޚުތިޔާރުކޮށްފި ނަމަ، ފުލުހުންގެ ރިޓަޔަރމަންޓް ގަވާއިދު ދަށުން ލިބިދެވޭ ރިޓަޔަރމަންޓް އެ ފަރާތަކަށް ނުލިބޭގޮތަށް ވެސް ގަވާއިދު ވަނީ އިސްލާހްކޮށްފައެވެ.

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓަޔަރކޮށްފައިވާ ފަރާތަކަށް ލިބެމުންދިޔަ ރިޓަޔަރމަންޓް އިނާޔަތް ދިނުން، މެދުކަނޑައިލުމާ ގުޅޭ އުސޫލު، މި އިސްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރިޓަޔަރކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ވެސް ހިނގާނެކަމަށް މި ގަވާއިދުގައި ވަނީ ބުނެފައެވެ.

މި ގަވާއިދަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށާގޮތަށް އިސްލާޙްގައި ހިމަނާފަވެއެވެ.