މާއުނގޫދޫ ބަނދަރުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ހުޅުވާލައިފި
ށ. މާއުނގޫދޫ ބަނދަރު ސަރަޙައްދުގައި ހުރި ރައްޔިތުންގެ ރުއްތައް ވަރުވާއަށް ދޫކުރުމަށް އެ ރަށު ކައުންސިލް އިދާރާއިން މިއަދު އިޢުލާނުކޮށްފިއެވެ. މާއުނގޫދޫ ކައުންސިލުން ބުނީ، ބަނދަރުގައި ހުރި ރައްޔިތުންގެ 11 ރުއް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްތައް ވަރުވާއަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. މި ރުއްތައް ވަރުވާއަށް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ އަހަރަކަށް 2,000.00 (ދެހާސް) ރުފިޔާ […]