ޕީއެންސީގެ މައި އޮފީސް ރަސްމީކޮށް ހުޅުވައިފި
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޕީއެންސީގެ އޮފީސް މީގެ ކުރިން ހިންގަމުން އައީ ހ. ސީޓްރެކްގެ ހަތްވަނަ ފްލޯގައެވެ. ނަމަވެސް، މިރޭ އަލަށް ހުޅުވި މައި އޮފީސް ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވެލާގައެވެ. އޮފީސް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު [...