ހުޅުމާލޭގައި ހުންނަ މަޝްހޫރު "ދިއްދޫ ހޮޓާ" ހިންގާ އިމާރާތް 15 ދުވަސް ތެރޭގައި ހުސްކުރަން ސިވިލް ކޯޓުން އަންގައިފި އެވެ.

ހުޅުމާޅެ ނިރޮޅުމަގުގައި ހުންނަ ދިއްދޫ ކެފޭ ހުސްކުރަން ކޯޓުން އެންގީ އެތަން ހުސްކުރަން އެތަން ހިންގާ އިމާރާތުގެ ވެރިފަރާތުން އެންގި މައްސަލަ ހޮޓަލުގެ ވެރިމީހާ ކޯޓަށް ހުށަހެޅުމުންނެވެ. އެތަނުގެ އެއްބަސްވުމުގެ މުއްދަތު ޑިސެމްބަރު, 2023 އަށް ވަނީ ހަމަވުމުން އަނގަބަހުން ހެދި އެއްބަސްވުމެއްގެ ދަށުން، އިތުރު ތިން އަހަރަށް އިތުރުކޮށްފައިވާ ކަމަށް ހޮޓަލުގެ ވެރިފަރާތުން ބުނެފައިވެ އެވެ.

Ad
rt

ނަމަވެސް ބިމުގެ ވެރިފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް އެ ތަން ހުސްނުކުރާތީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް އެ ތަން ހިނގަން ހުއްދަ ދިން ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ވެސް އެތަން ހުސްނުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ހޮޓަލުގެ ވެރިފަރާތުން ބުނެފައިވާ ގޮތުން ތިން އަހަރު ދުވަހުގެ މުއްދަތަކަށް އަނގަބަހުން ހުއްދަ ދީފައިވަނީ ގޯތީގެ ވެރިމީހާގެ ފިރިމީހާ އެވެ. ނަމަވެސް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުން އެތަނުގެ ކުލީގެ އެއްބަސްވުން އިތުރު ކުރުމުގެ ބާރު ވެރިފަރާތުގެ ފިރިމީހާއަށް ނެތް ކަމަށެވެ.

އެހެންކަމުން އިމާރާތުގެ ވެރިމީހާގެ ނުރުހުމުގައި އެތަން ބޭނުން ކުރުމުގެ ހައްގު ހޮޓަލުގެ ވެރިފަރާތަށް ނެތް ކަމަށް ކަނޑައަޅައި، 15 ދުވަސް ތެރޭގައި އެ ތަން ބިމުގެ ވެރިފަރާތާ ހަވާލުކުރަން ހުކުމުގައިވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ހޮޓަލަށް ކުރި އިންވެސްޓްމެންޓާއި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ