2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
މި ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ދުވަހެވެ.
ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހެއެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ މީގެ ކުރިންވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަ ދުވަހެކެވެ.
މި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތާއި، ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އިތުރުން، އެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރަށް ކަނޑައަޅާފައިވާ މުހިންމު ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!