މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 126 ވަނަ ޞަފްޙާ

އިސް މުވައްޒަފުންގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމުގެ ހަތަރުވަނަ ސެޝަން ބާއްވައިފި

އިސް މުވައްޒަފުންގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމުގެ ހަތަރުވަނަ ސެޝަން ބާއްވައިފި

ދައުލަތުގެ އިދާރާތަކުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ރައީސް އޮފީހުން ކުރިއަށްގެންދާ “އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2025-2027” ގެ ހަތަރުވަނަ ސެޝަން މިއަދު ބާއްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި އިސްލާމީ މަރުކަޒުގައި ބޭއްވި މި ސެޝަނަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޚާއްޞަ ދަރުހެކެވެ. “އަންނާށޭ” މި މައުޟޫޢަށް އައްޝައިޚް ޑރ. އިލްޔާސް ޙުސައިން ދެއްވި މި ދަރުހުގައި، ރަމަޟާން މަހުގެ މާތްކ...

ޔުމްނާ ޢަލީ
ފަސް ކިލޯގެ ޑްރަގް ހުރި ދަބަސް އެއާޕޯޓަށް ދޫކޮށްލާފައި ދާން އުޅުމުން އަތުލައިގަނެ, އުމުރަށް ޖަލަށް

ފަސް ކިލޯގެ ޑްރަގް ހުރި ދަބަސް އެއާޕޯޓަށް ދޫކޮށްލާފައި ދާން އުޅުމުން އަތުލައިގަނެ, އުމުރަށް ޖަލަށް

ފަސް ކިލޯގެ ޑްރަގް ހުރި ދަބަހެއް ރާއްޖެ އެތެރެ ކުރުމަށްފަހު އެއާޕޯޓް ތެރެއަށް ދޫކޮށްލާފައި ފިލަން އުޅުނު ޕާކިސްތާނު މީހަކު އަތުލައިގަނެ, އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.   އަބްދުލްލަތީފް ބަލޮޗް ނަމަކަށްކިޔާ ޕާކިސްތާނު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ 2025 ވަނަ އަހަރު އޭނާ ޕާކިސްތާނުން ރާއްޖެ އައުމަށްފަހު އޭނާ ގެނައި ދެ ދަބަހުގެ ތެރެއިން އެއް ދަބަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެލްޓަށް ދޫކޮށްލާފައި ދާން އުޅުމުން އޭނާ ހުއްޓުވައި, […]

ހުސައިން ހަބީބް
ސީދާ ރައްޔިތުންގެ ދަރުބާރަށް ވަޑައިގެން މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައީސް އަމިއްލަފުޅަށް: އާރިފް

ސީދާ ރައްޔިތުންގެ ދަރުބާރަށް ވަޑައިގެން މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައީސް އަމިއްލަފުޅަށް: އާރިފް

މި ސަރުކާރު ޖަވާބުދާރީ ކުރުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށް ކަމަށާއި، އެކަން ކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަދު މީސްކޮޅެއްގެ ބަދަލުގައި ސީދާ ރައްޔިތުންގެ ދަރުބާރަށް ސިލްސިލާގޮތެއްގައި ވަޑައިގަންނަވަމުން ކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ. ޢަލީ އާރިފް މިފަދައިން ވިދާޅުވީ މީސްމީޑިއާ މަންސަ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވޯ...

އަލީ އާދިލް
ރައީސް، ޖަރުމަނުގައި އުޅޭ ދިވެހިންނާއެކު ވަގުތުކޮޅެއް

ރައީސް، ޖަރުމަނުގައި އުޅޭ ދިވެހިންނާއެކު ވަގުތުކޮޅެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ޚާއްޞ...

ޝިއުނާ އާދަމް
ރާއްޖެ-ޖަރުމަނު ރަސްމީ މަޝްވަރާތައް ބާއްވައިފި

ރާއްޖެ-ޖަރުމަނު ރަސްމީ މަޝްވަރާތައް ބާއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފިއެވެ.   މި މަޝްވަރާތައް ކުރިއަށް ގޮސްފައިވަނީ ޖަރުމަނުވިލާތުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައެވެ. މި ބައްދަލުކުރެއްވުމަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ދަތުރުފުޅެއްގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، ޖަރުމަނުވިލާތުގެ ރައީސްގެ ދަޢުވަތަކަށް އެ...

ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާއަށް ޖަރުމަނުވިލާތުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާއަށް ޖަރުމަނުވިލާތުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ ޖަރުމަނުވިލާތުގެ ރައީސްގެ ރަސްމީގޭގެ ގޮތުގައި ބޭނުންކުރައްވާ “ޝްލޮސް ބެލްވިއު” ގައެވެ. ރައީސުލްޖުމްހޫރިއްޔާ އެތަނަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރއެވެ. މި ރަސްމިއްޔާ...

ޔުމްނާ ޢަލީ
ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކުގެ މައްސަލައިގެ ފަހުގެ މައުލޫމާތު ފުލުހުން ހާމަކޮށްފި

ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތަކުގެ މައްސަލައިގެ ފަހުގެ މައުލޫމާތު ފުލުހުން ހާމަކޮށްފި

ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަފްސީލު ފުލުހުން ހާމަކޮށްފިއެވެ. މި މައްސަލައަކީ 2025 ޑިސެމްބަރު 29 ވަނަ ދުވަހު، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ 31 ޑިސެމްބަރުގައި ހުށަހެޅި މައްސަލައެކެވެ. ފުލުހުން ބުނީ އެ އިދާރާގެ ތަހުގީގަށް އެނގުނު ގޮތުގައި، މި ތަކެތި ތިލަފުށިން މާލެ ގެނެސް ރައްކާކޮށްފައި ހުރީ މާލޭގެ ދެ […]

ޔުމްނާ ޢަލީ
ރައީސް "މޯލްޑިވްސް-ޖަރުމަނު ބިޒްނަސް ރައުންޑްޓޭބަލް" ގައި ބައިވެރިވެވަޑައިގެންފި

ރައީސް "މޯލްޑިވްސް-ޖަރުމަނު ބިޒްނަސް ރައުންޑްޓޭބަލް" ގައި ބައިވެރިވެވަޑައިގެންފި

ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބަރލިންގައި ބޭއްވި “މޯލްޑިވްސް-ޖަރުމަނު ބިޒްނަސް ރައުންޑްޓޭބަލް” ގައި ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޖަރުމަނުގެ “ޗެމްބަރސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސް” (ޑީއައިއެޗްކޭ) ގެ އެގްޒެކެޓިވް ބޯޑު މެންބަރު އަދި ފޮރިން ޓްރޭޑްގެ ހެޑް ޑޮކްޓަރ ފޮލްކަރ ޓްރަޔަރ އާއި “ޑަރމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް” ގެ ސީ.އީ.އޯ...

ޔުމްނާ ޢަލީ
ބޮޑު އެކްސިޑެންޓަކާ ގުޅިގެން 115,000ރ. އިން ޖޫރިމަނާކޮށްފި

ބޮޑު އެކްސިޑެންޓަކާ ގުޅިގެން 115,000ރ. އިން ޖޫރިމަނާކޮށްފި

މީގެ ހަތް އަހަރު ކުރިން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ލިބުނު އަނިޔާތަކަކާ ގުޅިގެން މީހަކު 115،200ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހދ. ކުޅުދުއްފުށީ، ރަސްރީތި، އަލީ މުހައްމަދުގެ މައްޗަށް އެ ހުކުމް އައީ ޖޫން، 2018 ވަނަ ދުވަހުގެ ދަންވަރު ބޮޑުތަކުރުފާނު މަގުގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާ ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެވަނަ ސައިކަލުގައި ދުއްވަން އިން […]

ހުސައިން ހަބީބް
ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ އިން ފެށިގެން

ކައުންސިލް/ޑަބްލިޔުޑީސީ އިންތިޚާބު: ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ އިން ފެށިގެން

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ (ޑަބްލިޔުޑީސީ) އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީ ވުމުގެ ފުރުޞަތު މާދަމާ ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ. މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދިން ގޮތުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެ...

ޝިއުނާ އާދަމް
މާލޭގެ ބަރުބަރީ މިސްކިތް އަންނަ ހޯމަ ދުވަހު ހުޅުވަނީ

މާލޭގެ ބަރުބަރީ މިސްކިތް އަންނަ ހޯމަ ދުވަހު ހުޅުވަނީ

މާލޭގެ ބަރުބަރީ މިސްކިތް، 16 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ އަޞްރު ނަމާދަށް ރަސްމީކޮށް ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މިސްކިތަކީ ޖުމްލަ ތިން ބުރިއަށް، ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އެއްފަހަރާ 1،400 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނިގޮތުގައި ސަރުކާރުގެ އަމާޒަކީ މާލެ ސިޓީގައި ހުރި ދުވަސްވީ މިސްކިތްތައް ޒަމާނީ ފެންވަރަށް […]

ޔުމްނާ ޢަލީ
ޕާކިސްތާން މުބާރާތުން ދިވެހި ސިފައިން ރަންމެޑަލް ހޯދުމުން ރައީސްގެ ސާބަހާއި މަރުޙަބާ

ޕާކިސްތާން މުބާރާތުން ދިވެހި ސިފައިން ރަންމެޑަލް ހޯދުމުން ރައީސްގެ ސާބަހާއި މަރުޙަބާ

ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ މީސްމީޑިއާ އެކައުންޓްތަކުގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ދިވެހި ސިފައިން ހޯދި ކާމިޔާބީއަށް ހޫނު މަރުޙަބާއެއް ދަންނަވައި، ޓީމުގެ ހ...

ޔުމްނާ ޢަލީ
ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭ ގަޑި އާންމުކޮށްފި

ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭ ގަޑި އާންމުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު އާންމުކޮށްފިއެވެ. މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ވަކި ދެ އިއުލާނެއް މެދުވެރިކޮށެވެ. ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ހުންނާނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން، ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ...

ޔުމްނާ ޢަލީ
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުނީގެ އަސަރު ބޮޑު، ސަމާލުވުމަށް އިލްތިމާސް

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުނީގެ އަސަރު ބޮޑު، ސަމާލުވުމަށް އިލްތިމާސް

ރާއްޖޭގެ ސަރަޙައްދުތަކަށް، ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުނީގެ އަސަރު ބޮޑުވަމުންދާތީ، އެކަމަށް ސިއްހީ ގޮތުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކަށް ދުންފުނީގެ އަސަރު މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖ...

ޔުމްނާ ޢަލީ
ރައީސް ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް

ރައީސް ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް، ރައީސް ކުރަށްވާ ދަތުރުފުޅެއް ކަމަށެވެ. މި ފެބްރުއަރީ މަހުގެ 9 އިން 13 އަށް ކުރެއްވުމަށް ނިންމަވާފައިވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު، ޖަރުމަނުގެ ރައީސް ސްޓައިނ...

ޔުމްނާ ޢަލީ