ދެ ޑްރެޖަރުގެ އެހީގައި ގިރާވަރު ފަޅު ހިއްކުން ހަލުވިކޮށްފި
ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެއްފަހަރާ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރަށް މީސްމީޑިއާގައި ރައީސް ވަނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމު ކުރަށްވާފައެވެ. މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި މި މަސައްކަތަކީ މާލެ ސަރަޙައްދުގައި ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެ މަޝްރޫޢު ކަމަށްވެސް ރައީސް ކުރިން ވަނީ […...