މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަނުގެ ކްލިނިކްގެ ހިދުމަތް ހައްޖާއި އުމުރާއަށްދާ ހުރިހާ ދިވެހިންނަށް
ހައްޖު ކޯޕަރޭޝަނުގެ ފަރާތުން މައްކާގައި ގާއިމުކޮށްފައިވާ ހައްޖާއި އުމްރާވެރިންނަށް ހާއްސަ މެޑިކަލް ކްލިނިކުގެ ހިދުމަތް ދޭން ފަށައިފި އެވެ. މިއީ ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށްދާ ދިވެހިންނަށް ސިއްހީ ގޮތުން ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ސަރުކާރުންނާއި ހައްޖު ކޯޕަރޭޝަނުން ހިންގާ ކްލިނިކެކެވެ. މިހާރު މި ކުލިނިކް ހިންގާތާ ވަނީ ދެ އަހަރު ވެފަ އެވެ. މީގެ ކުރިން މި ކްލިނިކްގެ ހިދުމަތްތައް ހާއްސަވެފައި އޮންނަނީ ހަމ...