ށ.ގޮއިދޫ ދަނޑުވެރިންގެ ގިނަ އަދަދެއްގެ އުފެއްދުންތައް މާކެޓަށް ނެރުނު ކާމިޔާބު އަހަރެއް
1447 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ށ.ގޮއިދޫގެ ދަނޑުވެރިން ވަނީ ތަފާތު ބާވަތްތަކުގެ މޭވާއާއި ތަރުކާރީ އަދި ފަތްޕިލާވެލީގެ ބާވަތްތައް އުފައްދައި ބާޒާރަށް ނެރެފައެވެ. މި އުފެއްދުންތައް މާލެއާއި، ށ. އަތޮޅުގެ ރަށްތަކުގެ އިތުރުން ކައިރި އަތޮޅުތަކަށާއި ކުޅުދުއްފުށީ މާކެޓަށް ވަނީ ސަޕްލައިކޮށްފައެވެ. ގޮއިދޫ ކައުންސިލުން ހާމަކުރި ގޮތުގައި، ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ދަނޑުވެރިންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގިނަ އެހީތަކެއް އެ ކައުންސިލުން ވަނީ ފޯރުކޮށްދީފައެވެ. އެގޮތުނ...