މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަޒީރު ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްޓަކައި ބޭނުންވާ އެހީ މިހާރު ހަމަޖެހިފައި ވާކަމަށެވެ.
މި މިސްކިތެއް އެޅުމަށްޓަކައި މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅުމަށް އެހީ ދެއްވާ ފަރާތުން އެދިވަޑައިގެންފައިވާތީ އެކަން އެގޮތަށް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި މިސްކިތް ތަޅާލައި އަމަލީ މަސައްކަތް ފަށާނީ ރަމަޟާން މަސް ނިމުމުންކަމަށް ޝަހީމް ވިދާޅުވި އެވެ.
ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދައިގެ ފަހުން ފެށިގެން ދާނޭ ކަން ވެސް ވަޒީރު މިއަދު ވަނީ ހާމަކުރައްވާފަ އެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!