ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ރާއްޖޭގައި އޭލެވެލް ފަސް ކުރަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އި...
ޔުމްނާ ޢަލީ
އަރިދަފުސް ރޯގާ ނުވަތަ އެނޫންވެސް ރޯގާއެއްގެ އަލާމާތެއް ހުރި ނަމަ ބަހާއި، ފެރީގެ ޚިދުމަތް ބޭނުން ނުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެދެފިއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޕީއެލްއިން އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ “ބަހާ ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ބޭނުން، އަޅުގަނޑުމެން ހަމަ އެދެން އެއްވެސް ކަހަލަ އަރިދަފުސް ރޯގާއެއް ކަހަލަ އަލާމާތެއް ހުރި ކަމަށް ވަންޏާ [...
ޝިއުނާ އާދަމް
ސްރީ ލަންކަން އެއާލައިންސް އިން ދިވެހި ރާއްޖެ އަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. ސިރީލަންކާގެ ގައުމީ އެއާލައިނުން ބުނެފައިވަނީ، އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތައް މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް މެދުކަނޑާލަން ވަނީ ނިންމާފަ ކަމަށެވެ. އެގޮތަށް ނިންމީ، ލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރަން ލަންކާ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. ސްރީ ލަންކަން އިން ކޮލަމްބޯ […]
ޔުމްނާ ޢަލީ
ޒަރޫރީ ބޭނުމެއްގައި ނޫންގޮތަށް މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ ގެޔަށް ވެއްދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ނޭޝަނަލް އެމެޖެންސީ ސެންޓަރުގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާތުތަކަށް ހުރިހާ ރައްޔިތުންވެސް ތަބާވާން ޖެހޭކަމަށެވެ. މިއަދުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސ...
ޔުމްނާ ޢަލީ
މިހާލަތުގައި ސްކޫލު ދަރިވަރުންނަށް އޮންލައިންކޮށް ފަސޭހަ ކަމާ އެކު، ކިޔެވޭނެ މަގު ފަހިކޮށް ދިނުމަށްޓަކައި، އުނގަންނައިދޭ މަދަރުސާތަކަށް އުރީދޫން ޚާއްސަ ހާއްސަ ޑޭޓާ އެލަވަންސްތަކެއްގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. އުރީދޫން ބުނިގޮތުގައި މި ޚާއްސަ ހިދުމަތަކީ ދަރިވަރުންނާއި ޓީޗަރުންގެ ތެރެއިން އުރީދޫގެ ޕްރިޕެއިޑް ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ޚިދުމަތެކެވެ. އުރީދޫން ބުނީ އެ ޚިދުމަތް ލިބިގެންދާނީ އެޑިއުކޭޝަން މިނިސްޓްރީން އުރީދުއަށް ފޯރުކޮށްދޭ ލިސްޓުގައި ހިމެނޭ ދަރިވަރުންނާއި ޓީޗަރުންނަށް...
ޝިއުނާ އާދަމް
މިހާރު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފަށައިފައިވާތީ، އެވައިރަސް ފެތުރުން ކުޑަކުރުމަށާއި، އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ފަރާތްތަކަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި، އެޗްޕީއޭ އަދި އެކަމާއި ގުޅުން ހުރި އެހެން އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ކުންފުނީގެ މަސައްކަތް ބައްޓަން ކުރާ...
ޝިއުނާ އާދަމް
ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފިއެވެ. ފަން އައިލެންޑް ރިސޯޓުން ވާހަކަ ދެއްކެވި މެނޭޖްމަންޓް ބޭފުޅަކު ވިދާޅުވީ، ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމުމާއި ގުޅިގެން އެރިސޯޓުން މިހާރުވަނީ އެކަމަށް ތައްޔާރުވެފައި ކަމަށެވެ. ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ގާއިމްކޮށްފައިވާ އެމަޖެންސީ ރެސްޕޮންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ކޮރޯ...
ޝިއުނާ އާދަމް
ފަރު މަސްވެރިކަން ކުރަންއުޅުނު “އަލްމަސް” ނަމަކަށް ކިޔާ ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. ފަސް ދިވެހިންނާއެކު ދަތުރުކުރި މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު 15:20 ހާއިރުއެވެ. މި ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 15 ވީ އާދީއްތަ ދުވަހު 09:50 ހާއިރު ވ.އަތޮޅު ތެރޭގައި އޮތްވައިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަ...
އިބްރާހިމް އަސްވާޤް
ކޯވިޑް-19 އަށް އެންމެފަހުން ކުރި ޓެސްޓުތަކުގެ ތެރެއިން މިހާތަނަށް ލިބުނު ނަތީޖާތައް ނެގެޓިވް ވެފައިވަކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިހުންނަވާ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޯވިޑް-19އަށް ކިރިޔާ ޝައްކެތް އޮތްކަމުގައި ވީނަމަވެސް އެމީހަކު ޓެސްޓްކުރެވި މޮނީޓާކުރެވެމުންދާކަމަށެވެ. ކުރެވިފައިވާ ޓެ...
ޔުމްނާ ޢަލީ
ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ ގެނެސްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިޓީމުގައި ހިމެނެނީ ތަޖުރިބާކާރު 2 ޑޮކްޓަރުންނާއި، ކޯރޑިނޭޓަރަކާއި، 2 ނަރުހުންނާއި ޓެކްނީޝަނެއްކަމަށެވެ. މިގޮތުން މިޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ޑޮކްޓަރުން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދެއްވުމުގައި މަސައްކަތް ކުރައްވާނެއެވެ...
ޔުމްނާ ޢަލީ
ކޮވިޑް-19 ގެ ސަބަބުން ކުއްޔަށް އުޅޭ ފަރާތްތަށް ދިމާވާނެ މާލީ ދަތިކަން އިޙްސާސްކޮށް، މިފަހަރު އިހުސާންތެރި ކަމުގެ އަތް ހުޅުވާލީ ޒަކީ އިބްރާޙީމް ޒަކީއެވެ. ޒަކީ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެ އައް މިވަޤުތު ދިމާވެފައިވާ ހިތާމަވެރި ކާރިސާއާއި ގުޅިގެން އޭނާ ކުއްޔައް ދޫކޮށްފައިވާ ހުރި ތަނުން އަންނަމަހުން ފެށިގެން 3 މަސްވަންދެން އޭނާއަށް ވާން އޮތް މިންވަރަކުން ކޮންމެ ވެސް އަދަދެއް ކުލިން ކަޑާލަން ނިންމައިފިކަމަށެވެ. މީގެ ދެދުވަސް ކުރިން ރިލްވާން […]
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތައް ފިޔަވައި އެހެން ޤައުމުތަކުން މިދުވަސްވަރު އަންނަ ހުރިހާ ދިވެހިންވެސް ގޭގައި 14 ދުވަސްވަންދެން އެކަހެރިވެ ތިބުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ. އެޗްޕީއޭއިން ވިދާޅުވީ، މިރޭ 12އިން ފެށިގެން އެމެރިކާއިން އަންނަ ދިވެހިންވެސް ސަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީއެއްގައި 14 ދުވަސް ހޭދަކުރަންޖެހޭނެ ކަމަށެވެ. މިއީ ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ އޮފް ޕަބްލިކް ހެ...
ޝިއުނާ އާދަމް
އިންޑިއާއިން އައި 2 މީހަކާއި، މެލޭޝިޔާއިން އައި މީހެއް ޓެސްޓު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރައްވަމުން ކޮވިޑް-19 އާއި ބެހޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ އައްޑޫ ސިޓީ، މަރަދޫގެ ދެ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މެލޭޝިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ އިންޑިއާއިން އައި މީހެކެވެ. އެ ދެ މީހުން […]
ޔުމްނާ ޢަލީ
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާރިޗް 19 އިން 26 އަށް ސަރުކާރު ބަންދު ކުރައްވަން ނިންމެވުމާއި ގުޅިގެނ،ް ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމުން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޓެލިކިލާސް ޕްރޮގްރާމު މެދުކަނޑާލަން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލިކިލާސ...
ޝިއުނާ އާދަމް
ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ. ރައީސް އޮފީހުން ބުނީ ސަރުކާރު ބަންދުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގާފައިވާ ކަމަށެވެ. މ...
ޔުމްނާ ޢަލީ