މިހާލަތުގައި ސްކޫލު ދަރިވަރުންނަށް އޮންލައިންކޮށް ފަސޭހަ ކަމާ އެކު، ކިޔެވޭނެ މަގު ފަހިކޮށް ދިނުމަށްޓަކައި، އުނގަންނައިދޭ މަދަރުސާތަކަށް އުރީދޫން ޚާއްސަ ހާއްސަ ޑޭޓާ އެލަވަންސްތަކެއްގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.
އުރީދޫން ބުނިގޮތުގައި މި ޚާއްސަ ހިދުމަތަކީ ދަރިވަރުންނާއި ޓީޗަރުންގެ ތެރެއިން އުރީދޫގެ ޕްރިޕެއިޑް ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ ޚިދުމަތެކެވެ.
އުރީދޫން ބުނީ އެ ޚިދުމަތް ލިބިގެންދާނީ އެޑިއުކޭޝަން މިނިސްޓްރީން އުރީދުއަށް ފޯރުކޮށްދޭ ލިސްޓުގައި ހިމެނޭ ދަރިވަރުންނާއި ޓީޗަރުންނަށް ކަމަށެވެ.
މީގެ އިތުރުން އުރީދޫގެ ޕްރީޕެއިޑްގެ ކަސްޓަމަރުންނަށް 25 އިންސައްތަ ޑޭޓާ ހިލޭ ދިނުމަށް ވެސް އެކުންފުނިން ވަނީ ނިންމައިފައެވެ.
މީގެ ކުރިން އުރީދޫން ވަނީ ފޯނު ބިލާއި، ފައިބާ އަދި ވަޔާލަސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މީގެ ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ ދޭން ވެސް އުރީދޫން ވަނީ ނިންމައިފައެވެ.
އެގޮތުން އެ ޚިދުމަތުގެ ދަށުން ގޫގްލް ކްލާސްރޫމްގެ މޮބައިލް އެޕްލިކޭޝަން ފަދަ ޚިދުމަތްތައް ބޭނުންކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން އަންނަނީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ގާތުން މަސައްކަތްކުރަމުންނެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕޭޖަށް އިންޓަނެޓާއި ނުލައި ހިލޭ ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ގުޅުމުން ކޮވިޑަށް ހޭލުންތެރިކުރުމުގެ މެސެޖު އަޑު އިވޭ ގޮތަށް ވަނީ ހަދައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!