ޤާސިމް އިބްރާޙީމްގެ ވިލާ ކުންފުނީގެ ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމައިފިއެވެ.
ފަން އައިލެންޑް ރިސޯޓުން ވާހަކަ ދެއްކެވި މެނޭޖްމަންޓް ބޭފުޅަކު ވިދާޅުވީ، ފަން އައިލެންޑް ރިސޯޓު، ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ނިންމުމާއި ގުޅިގެން އެރިސޯޓުން މިހާރުވަނީ އެކަމަށް ތައްޔާރުވެފައި ކަމަށެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ގާއިމްކޮށްފައިވާ އެމަޖެންސީ ރެސްޕޮންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ކޮރޯނާވައިރަސްއާ ގުޅިގެން އެކަހެރި ކުރާ މީހުންގެ ކަންކަމަށް އެ ރަށް ބޭނުން ކުރަން އޮތީ ތައްޔާރަށް ކަމަށެވެ.
ފަން އައިލެންޑް ރިސޯޓަކީ ވިލާ ކުންފުނީގެ ފަސް ރިސޯޓުގެ ތެރެއިން ރިސޯޓެކެވެ.
ކޮރީނާވައިރަހާ އެކު އެ ކުންފުނިން ވަނީ، ޕެރަޑައިސް އައިލެންޑް ރިސޯޓް ފިޔަވާ އެ ކުންފުނީގެ ހުރިހާ ރިސޯޓެއް ބަންދު ކުރަން ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!