ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ރާއްޖޭގައި އޭލެވެލް ފަސް ކުރަން ނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
މިހެންވެ، ދިވެހިރާއްޖޭގެ ދަރިވަރުން، މެއި ޖޫންގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
— Ministry of Education (@MoEdumv) March 19, 2020
ކޮރޯނާ ވައިރަހާ ގުޅިގެން ސްކޫލުތަކުގެ ކިޔެވެމުން ވެސް މެދުކެނޑިފައިވާ މިދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ އޯލެވެލް އާއި އޭލެވެލް އިމްތިހާނާ މެދު ނިންމާނީ ކިހިނެއްތޯ ސުވާލު އުފައްދަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!