މާލޭސިޓީގެ ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން އާންމުންނަށް ބަންދުކުރަން ނިންމައިފިއެވެ. އެކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 އިން ފެށިގެން ގްރޭޓާ މާލޭ އޭރިއާގެ ހުރިހާ ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން އާންމުންނަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. From midnight tomorrow night 00.00 hrs Sunday 22nd March 2020, all food outlets in the Greater Male Area […]
ޝިއުނާ އާދަމް
ޕެރަޑައިސް އިން ކޮވިޑް-19 ޝައްކުވި އެންމެން ނެގެޓިވްވުމުން އެ ރިސޯޓު ހުޅުވާލައިފިއެވެ. އެޗްޕީއޭއިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން ނެގިފައިކަމަށެވެ. #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން ނެގިފައި — Health Protection Agency (@HPA_...
ޝިއުނާ އާދަމް
ކ.ހިންމަފުށި މަސްޖިދުލް ޒިކުރާގައި މިއަދު ކުރެވޭ ހުކުރު ނަމާދު ޓީވީ ތަކުން ލައިވް ކުރާ ގޮތައްވަނީ ހަމަޖެހިފައި ވާކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ. ހުކުރު ކުރައްވާނި އައްޝައިޚް ނަސްރުﷲ ޢަލީ. އިސްލާމިކް މިނިސްޓްރީ އިން ބުނީ ކ. ހިއްމަފުށީގައި މިއަދު ކުރެވޭ ހުކުރު ނަމާދު ވަގުތުން ދުރަށް ފޮނުވާނީ ޕީއެސްއެމް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ގުޅިގެން ކަމަށެވެ. އަދި ހުކުރު ނަމާދުގެ ގެ ލައިވްފީޑް ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށްވެސް ޕީއެސްއެމުން ދޫކުރާނެއެވެ. ކ ހިއްމަފުށީ […]
ޝިއުނާ އާދަމް
ދަރުމަވަންތައިން ބޭރު ބަލާލަން ރީއްޗެއް ކަމަކު ދަރުމަވަންތަގެ ހާލަތު ގޯސްވުމަކީ ވަރަށްކައިރީގަ ވާ ކަމެއްކަމަށް ޑރ މުޙައްމަދު އަލީ ވިދާޅުވެއްޖެއެވެ. ރަސްފަންނުގައި ދުވަން އަދި މޫދަށް އެރި އުޅޭ މަންޒަރުގެ ވީޑިއޯއެއް ހިމަނުއްވާ ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި އެދިފައިވަނީ އިޖްތިމާއީ ގައިދުރުކުރުން ނުވަތަ ސޯޝަލް ޑިސްޓެންސިން އަށް ރައްޔިތުން ސަމާލުކަން ދެއްވުމަށެވެ. އަނެއްކާވެސް އާދޭސް ކޮށްފަ ބުނަން، ދުވަންވެސް، ހިނގަންވެސް، ފަތަންވެސް، ފިނިބުރަށްވެސް ގޭންބޭރަށް ނުނިކުންނަވާ! ކުޅުދުއްފުއްޓަށ...
ޔުމްނާ ޢަލީ
މީސް މީޑިއާގައި އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ޓެގް ކޮށް ޓުވީޓު ކުރަމުން ގެންދާތީ، އެގޮތަށް ޓެގް ކުރަމުން ގެންދަނީ އެމަނިކުފާނާއި ގުޅުން ނެތް ކަމެއްގައި ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ ވިދާޅު، އޮޅުން އަރާފައިވާ ފަރާތްތަކަށް އެކަން ސާފުކޮށްދެއްވައިފިއެވެ. ބެލެވޭ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު އެއިޝާރާތް ކުރެއްވީ ޗެނަލް-13 އިން ގެނެދޭ “މަޑިސީލަ” ޕްރޮގްރާމްގައި ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ގުޅުވައިގެން ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ދެއްކުމުން އެކަމަށ...
ޝިއުނާ އާދަމް
މާލެ، ހުޅުމާލެ، ވިލިގިލީގައި ތިބި ރައްޔިތުން މާޗް 20 ވާ ހުކުރު ދުވަހު ގޭގައި ކުރާނީ 4 ރަކުޢަތުން މެންދުރު ނަމާދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީއިން ބުނީ ހުކުރު ، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއްކަމަށެވެ. ހުކުރު ، ޢީދު، ކޭތަ، އިސްތިސްޤާ ނަމާދު ފަދަ ޝިޢާރުތައް ޤާއިމުކުރުމަކީ ޝަރީޢަތުގައި ޙާކިމާއާ މަތިކުރެވިގެންވާ ޒިންމާއެއް. މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގުޅިގެން މާލެ، ހުޅުމާލެ، ވިލިގިލީގައި ތ...
ޝިއުނާ އާދަމް
ރިޒޯޓްތަކުގެ ސްޕާތައް ފިޔަވައި އެހެން ސްޕާތައް ބަންދު ކުރަން އެޗްޕީއޭ އިން އަންގައިފިއެވެ. ރިޒޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް އެޗްޕީއޭއިން ނިންމި އިރު އޭގެ ތެރޭގައި ސެލޫން ތަކުގައި ހިންގާ ސްޕާތައްވެސް ހިމެނެއެވެ. އޭގެ އިތުރުން އެޗްޕީއޭއިންވަނީ އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާކޮށްފައެވެ. މިދެ ނިންމުމަށްވެސް ޢަމަލުކުރަން ފަށަން […]
ޝިއުނާ އާދަމް
ފުލުހުން ރޯޑް ބްލޮކްތައް ބަހައްޓައި މީހުން ހައްޔަރު ކުރާނެ ކަމަށް ބުނެ ދައުރުކުރަނީ ދޮގު މެސެޖްތަކެއް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ޟަރޫރީ ބޭނުމަކަށް ނުވާ ކަންކަމުގައި މަގުމަތީ އާންމު ތަންތަނަށް ނުކުމެ އުޅޭ ފަރާތްތައް ބޭރަށް ނުނިކުތުމަށާއި ގޭގައި މަޑު ކުރުމަށް ފުލުހުން ނަޞޭޙަތްތެރި ވަމުންދާކަމަށެވެ. Fuluhun road blocks bahattaa meehun hayyaru kuramun dhaane kamah bune dhauru kuraa message aky hageegatha khilaafu vaahakathakeh huri message ehkan […]
ޝިއުނާ އާދަމް
މިދަނޑިވަޅުގައި ބަޔަކު ނާޖާއިޒު ގޮތުގައި ޑޮނޭޝަންގެ ނަމުގައި ފައިސާ ހޯދަން މަސައްތަކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ފަރުވާތެރިވެ ހަޤީޤަތް ބަލާފައިމެނުވީ އެފަދަ ކަމަކާއި ބައިވެރި ނުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަށްވައިފިއެވެ. ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ޢަބުދު ﷲ ފައިރޫޒް ވިދާޅުވީ ބަޔަކު މިކަމުގެ ނާޖާއިޒް ފައިދާ ހޯދަން، ކޮންމެސް ސިފައެއްގައި މަސައްކަތްތަކެއް ކުރަމުން ދާކަމަށް މަޢުލޫމާތު ލިބޭކަމަށެވެ...
ޝިއުނާ އާދަމް
ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ މާލީ ހާލަތަށް އަންނާނެ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ދެ މަހުގެ ފެނާއި ކަރަންޓު ބިލުން ބައެއް ހިލޭކޮށްދޭން ސަރުކާރުން ނިންމައިފި އެވެ. އެގޮތުން އަންނަ އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސަންޓު، އަދި ފެން ބިލުން 30 ޕަސަންޓު ސަބްސިޑައިޒްކުރަން ނުވަތަ ހިލޭކޮށް ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. […]
ޝިއުނާ އާދަމް
ކޮވިޑް-19 އާއި ގުޅިގެން މިވަގުގު މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 2 ރަށެއް ކަމަށް ސަރުކާރުން ހާމަ ކުރައްވައިފިއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުގު މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ 2 ރަށެއް ކަމަށެވެ. އެ ދެރަށަކީ ޝެވަލް ބްލޭންކް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓެވެ. އޭގެ ތެރެއިން ޝެވަލް ބްލޭންކް […]
ޝިއުނާ އާދަމް
ކަމެއް ފޮރުވުމަށް، އަންގަން ބުނާ ދުވަހަކު ޕްރެސްކޮންފެރެންސް ދޭން ނީންނަވާނެ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެއްޖެއެވެ. މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކު އިތުރަށް ވިދާޅުވީ ކަމެއް ފޮރުވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސީދާ ލިބިފައިވާ އިރުޝާދަކީ މިބަލިން ސަލާމަތްވުމަށާއި މިކަމުން ދިމާވެފައިވާ ހާސްކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަގުތުން ވަގުތަށް ގަޑިން ގަޑިއަށް މައުލޫމާތު ފޯ...
ޝިއުނާ އާދަމް
ގިނަ މީހުން ފުރަން ދިޔުމަކީވެސް މީހުން އެއްވުން ކަމަށާއި، މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު ތިބިތަނެއްގައި މަޑުކޮށްގެން ތިބުންކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ. ރާއްޖޭގައި ކޮރޯނާގެ ހާލަތު އޮތް ގޮތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި ދެތިން ދުވަހު މީހުން ފުރައިގެން އަތޮޅު ތެރެއަށް ގޮސްފައިވާކަމަށާއި ގިނަ މީހުން ފުރަން ދިޔުމަކީވެސް މީހުން […]
ޝިއުނާ އާދަމް
އިޓަލީއަށް އެނބުރި ދިޔަ ފަތުރުވެރިޔާކިބައިން ރާއްޖޭގައި އެނާ ހުރި އިރު ކޮވިޑް-19 ގެ އަލާމާތްތައް ފެންނަމުން ދިޔަކަން ކުރެއްދޫ ރިސޯޓަށް ޝައްކު ކުރެވިފައިވީ ނަމަވެސް، އެ ފަރާތުން އެޗްޕީއޭއަށް ރިޕޯޓުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ. މިއަދު މީޑިއާއަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތުން އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ގުޅުންހުރި ހުރިހާ ފަރާތަކ...
ޝިއުނާ އާދަމް
އިޓަލީ ފަތުރުވެރިޔާ އަނބުރާ ޤައުމަށް ގޮސް އޭނާއަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެންގީ އަމިއްލައަށް ކަމަށް މީގެ ކުރިން ހާމަކޮށްފައި އޮތްނަމަވެސް އެކަން ހިނގީ އެހެން ނޫންކަން މިއަދު ހާމަ ވެއްޖެއެވެ. ދަރުބާރުގޭގައި މިއަދު ކުރިއަށް ދިޔަ ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ފަތުރުވެރިޔާއަށް ކޮވިޑް-19 ޖެހިފައި ހުރިކަން އެންގީ އޭނާ އަމިއްލައަށް ނޫން ކަމާއި، ކުރެއްދޫ ރިސޯޓުން އޭނާއަށް ގުޅައިގެން އެ މައުލޫމާތުތައް ހޯދީ ކަމަށެވެ. އޭސީޕީ […]
ޔުމްނާ ޢަލީ