މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް ފުލުހުން ބުނެފިއެވެ. މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބުދު ﷲ ފައިރޫޒް ވިދާޅުވީ މާލޭގެ ކޮންމެ ގެއަކަށް ތިން ދުވަހުން އެއް ދުވަހު ކޮންމެވެސް އެކަކަށް އެއް ގަޑިއިރަށް ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެވޭނެ ގޮތް […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
މާފުށީ ޖަލުގައި ހަމަ ނުޖެހުމެއް ހިނގައި، ޤައިދީއަކަށާއި 2 އޮފިސަރަކަށް އަނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން ކުރި ޓުވީޓެއްގައި ބުނީ މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް މިރޭ ކާންދިނުމަށްޓަކައި ޔުނިޓު ހުޅުވި ވަގުތު ބައެއް ޤައިދީން ވަނީ ގަދަކަމުން ޔުނިޓުން ނުކުމެފައި ވާކަމަށެވެ. އެ ހާދިސާގައި ޤައިދީއަކަށާއި 2 އޮފިސަރަކަށް ވަނީ އަނިޔާވެފައި ވާކަމަށާއި، ހާލަތު ވަނީ ކޮންޓުރޯލު ކުރެވިފައި ކަމަށްވެސް ކަރެކްޝަންސްއިން ބުންޏެވެ. މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ޤައިދީންނަށް […...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
15 އެޕްރީލް 2020 އިން ފެށިގެން މާލެއިން، ނުވަތަ ހުޅުމާލެއިން ނުވަތަ ވިލިމާލެއިން ނުވަތަ ގުޅިފަޅުން، ނުވަތަ ތިލަފުށިން ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައި ވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން، 14 (ސާދަ) ދުވަހުގެ މުއްދަތަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވާން އެޗްޕީއޭއިން އަންގައިފިއެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި އެންގުމުގައި ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާ...
ޙުސައިން ޝަހުދީ
6 އަހަރު ކުރިން
އިއްދިއްގާދީ މެމޯރިއަލްގެ އައި.ސީ.ޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ އަކީ ދޮގެއް ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ. މިއަދު އެ ހޮސޕިޓަލިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން، އެ ހޮސްޕިޓަލުގެ އައި.ސީ.ޔޫ ގައި ތިބި ޕޭޝަންޓުން ވެންޓިލޭޓަރުން ނައްޓާލައި، ޓްރެކިއޯސްޓޮމީ ހެދުމަށް ހޮސްޕިޓަލުން އެދެމުން ދާކަމަށް ދެކެވެމުން ދަނީ އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށެވެ. ނަމަވެސް ދިގު މުއްދަތަކަށް ވެންޓިލޭޓާރ ގެ އެހީ ބޭނުންވ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ހިންގާ އޮޕަރޭޝަންގައި ވޮލަންޓިއާ ކުރުމުގެ ފުރުސަތު މިލިޓަރީ ވެޓެރަންސްއަށް ހުޅުވާލައިފިއެވެ. އެމްއެންޑީއެފުން ބުނީ ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައިފާ ވާކަމަށެވެ. އެފަދަ ފަރާތްތަކުން ފޯނުން ގުޅުއްވާ ނަންނޯޓް ކޮށްދެއްވުން، ނުވަތަ ނަމާއި ނަންބަރު އީމެއިލް ކޮށްދެއްވުމަށް އެމްއެންޑީއެފުން އެދެއެވެ. ޔޫތު މިނިސްޓްރީންވެސް އ...
ޙުސައިން ޝަހުދީ
6 އަހަރު ކުރިން
މާލެ ސިޓީ އިން ސާދަ ވަނަ މީހާ ކޯވިޑް-19 އަށް ފަައްސި ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުން މިވަގުތު މިބައްޔާއި ގުޅިގެން ރާއްޖޭގައި 1053 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 61 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ. އެޗްޕީއޭ އިން ބުނީ، ސާދަ ވަނައަށް މީހާއަކީ ފައްސިވި މީހާއަކީ ކޭސް 27 އާއި ސީދާ ދިމާވެފައިވާ މީހެއް ކަމަށެވެ. އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭ […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މާލެއިން އިތުރު މީހަކު ކޯވިޑް-19އަށް ފަައްސި ވެއްޖެއެވެ. އެހެން ކަމުން މިހާރު މާލެ އިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދު 13 އަށް އެރީއެވެ. އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއެވެ. ކޭސް 33#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:28) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި. — Health Protection Agency (@HPA_MV) […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ކޭސް 32#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:30) ގެ ޑައިރެކްޓް ކޮންޓެކްޓެވި ބަންގްލަދޭޝް މީހެއްގެ ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި. — Health Protection Agency (@HPA_MV) April 18, 2020 މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
މާލެއިން އިތުރު 2 މީހަކު ކޯވިޑް-19 އަށް ފަައްސި ވެއްޖެއެވެ. އެހެން ކަމުން މިހާރު މާލެ އިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދު 11 އަށް އެރީއެވެ. މި ދެ މީހުންވެސް އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، 10 ވަނައަށް ފައްސިވި މީހާއަކީ ކޭސް 27 އާއި ސީދާ ދިމާވެފައިވާ މީހެއް ކަމަށެވެ. ކޭސް 30#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:27) ގެ […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
މާލެއިން 9 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މާލެއިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 6 ވަނަ މީހާއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްފައިވަނީ 28 މީހެކެވެ. މީގެ ތެރެއިން 9 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ. Case: MAV029 Samples taken from a Maldivian national who was a Direct Contact of Case: MAV027 […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
ކޯވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި، 2020 އެޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 30 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުންނެވެ. މިގޮތަށް ހަމަޖެއްސެވިކަން ސަރުކާރުގެ އޮފީސްތަކަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި މ...
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށް ފުޅިއަޅައިގެން އެންދަމަން ފީނި، މީހެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދަނިކޮން އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އެމްއެންޑީއެފްއިން ބުނީ އެމީހާ ހޯދަމުން ދަނިކޮން ފެނިފައިވަނީ ކަނޑު އަޑީގައި މަރުވެފައި އޮއްވާކަމަށެވެ. މިހާދިސާގެ ރިޕޯޓް މިރޭ 20:12 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެ އޭރިއާ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފ...
ޝިއުނާ އާދަމް
6 އަހަރު ކުރިން
ވެމްކޯ އިން ރ. ވަންދޫގައި ހިންގަމުން އަންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ވަގުތީ ގޮތުންް ހުއްޓާލަން ނިންމައިފި އެވެ. ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންގާފައި ވާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއީ އެއް ރަށުން އަނެއް ރަށަށް […]
ޔުމްނާ ޢަލީ
6 އަހަރު ކުރިން
ކޯވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ހަނިމާދޫގެ ފަސް ގެއަކަށް މީހުން ވަދެ ނުކުތުން މަނާކޮށްފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ ފަސް ގެޔަކަށް މީހުން ވަދެ ނުކުތުން މަނާ ކުރީ ކުޅުދުއްފުށީ ސިޓީމަގުން ހަނިމާދޫއަށް އައި މީހަކާއި، އަދި އިއްޔެ ހަނިމާދޫ އެއަރޕޯރޓުމަގުން ވަށަފަރަށް ދަތުރު ކުރި މީހަކާއި ގުޅިގެން ހަނިމާދޫ ހެލްތު ސެންޓަރާއި، ހަނިމާދޫ ކޯވިޑް-19 ޓާސްކް ފޯހާއި، ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހުގައި ރަށު ފެންވަރުގައި އަޅާ ރައްކާތެރި […]
ޝިއުނާ އާދަމް
6 އަހަރު ކުރިން
މާލެ ސަރަހައްދުގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފައިވާއިރު މަގުމަތީގައި އުޅޭ ފަރާތްތަކާއިމެދު މިރެއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ މިރޭ 08:30 އިން ފެށިގެން ފިޔަވަޅު އަޅާނެކަމަށާއި މަގުމަތީގައި އުޅޭ އެންމެން 08:30 ގެ ކުރިން ގެއަށްވަނުމަށް އިލްތިމާސް ކުރާ ކަމަށެވެ. Starting from 20:30hrs tonight, we will take actions against anyone on the streets. So please go back inside and #StayAtHome! Your […]
ޝިއުނާ އާދަމް
6 އަހަރު ކުރިން