ކޮވިޑް-19 އާ ގުޅިގެން އެމްއެންޑީއެފުން ހިންގާ އޮޕަރޭޝަންގައި ވޮލަންޓިއާ ކުރުމުގެ ފުރުސަތު މިލިޓަރީ ވެޓެރަންސްއަށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ކޮވިޑް-19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް، ފުރުސަތު ހުޅުވާލައިފާ ވާކަމަށެވެ.

Ad
rt

އެފަދަ ފަރާތްތަކުން ފޯނުން ގުޅުއްވާ ނަންނޯޓް ކޮށްދެއްވުން، ނުވަތަ ނަމާއި ނަންބަރު އީމެއިލް ކޮށްދެއްވުމަށް އެމްއެންޑީއެފުން އެދެއެވެ.

ޔޫތު މިނިސްޓްރީންވެސް އިއްޔެވަނީ ވޮލަންޓިއަރުން ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުން ހޯދުމަށް ހުޅުވާލައިފައެވެ.

ކޯވިޑް-19 އޮޕަރޭޝަންގައި އެމްއެންޑީއެފުން މިހާރުވަނީ ގޭބިސީތަކަށް މުދާ ޑެލިވަރީކޮށް ދިނުމުގެ ސީދާ އޮޕަރޭޝަންގައި ބައިވެރިވެފައިއެވެ.