މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,843 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1029 ވަނަ ޞަފްޙާ

ދިވެހިން ގޮވައިގެން އަންނަ މަތިންދާބޯޓު ފުރާނީ ބަންގްލަދޭޝްގެ 70 މީހުނާއެކު: މިނިސްޓަރު ޝާހިދު

ދިވެހިން ގޮވައިގެން އަންނަ މަތިންދާބޯޓު ފުރާނީ ބަންގްލަދޭޝްގެ 70 މީހުނާއެކު: މިނިސްޓަރު ޝާހިދު

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ފުރާއިރު، އެމަތިންދާބޯޓުގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ އެޤައުމަށް ގެންދާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން ލިބިވަޑައިގަތް އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ރާއްޖޭ...

އަލީ އާދިލް
11 ފަޅުވެެރިންނާއި އެކު ދަތުރު ކުރި ބޯޓެއް ފަރަށް އަރައިފި

11 ފަޅުވެެރިންނާއި އެކު ދަތުރު ކުރި ބޯޓެއް ފަރަށް އަރައިފި

11 ފަޅުވެެރިންނާއި އެކު ދަތުރު ކުރި ބޯޓެއް ކ. ތުލުސްދޫ ހުޅަނގު ފަރާތު ފަރަށް އަރައިފިއެވެ. އެމްއެންއެންޑީއެފް އިން ބުނީ 11 ފަޅުވެރިއްނާއެކު މާލެ އިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިންނަށް ދަތުރު ފެށި “ވީބީ ޕްރޮގްރެއްސް” ބޯޓް ކ. ތުލުސްދޫ ހުޅަންގު ފަރާތު ފަރަށް އަރައިގެން އެމްއެންއެންޑީއެފް މާލެ އޭރިއާ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފި ކަމަށެވެ. 11 falhuverinnaaeku Male’ in furaigen India ge Tuticorin ah dhathuru feshi “VB Progress” […]

ޝިއުނާ އާދަމް
މަގު މައްޗަށް ވެއްޓިފައި އޮތް ބިދޭސީމީހާ މަރުވެއްޖެ

މަގު މައްޗަށް ވެއްޓިފައި އޮތް ބިދޭސީމީހާ މަރުވެއްޖެ

މ. އޯޑިއޯން ކައިރި މަގުމައްޗަށް ވެއްޓިފައި އޮތް ބިދޭސީއެއް ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. މިކަމުގެ މަޢުލޫމާތު ދެމުން އެމްއެންޑީއެފްއިން ބުނީ އެމީހާ ސެނެހިޔާއަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ސެނެހިޔާގައި މަސައްކަތް ކުރާ ޑޮކްޓަރުން ބުނެފައިވާކަމަށެވެ. މީގެ އިތުރުން އެމްއެންޑީއެފްއިން ބުނެފައިވަނީ އެމީހާ މަރުވުމުގެ ކުރިން މޭގައި ރިއްސާތީ އުޅުންކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މީގެ އިތުރުން މީގެ ކުރިން ފުލުހުން ބުނީ ބަންގްލަދޭޝްގެ...

ޔުމްނާ ޢަލީ
މިވަގުތު ތިބީ 905 ޑޮކްޓަރުން: މަބްރޫކް

މިވަގުތު ތިބީ 905 ޑޮކްޓަރުން: މަބްރޫކް

މިވަގުތު ތިބީ 905 ޑޮކްޓަރުން އަދި 2907 ނަރުހުން ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިވަގުތު ޚިދުމަތުގައި ތިބީ 905 ޑޮކްޓަރުން އަދި 2907 ނަރުހުން ކަމަށެވެ. އޭގެ އިތުރުން ބޭރު ޤައުމުތަކުން އަދި ދަރިވަރުން 14 ދުވަހުގެ ކަރަންޓީންގެ މުއްދަތު ނިމުމަށްފަހު މެޑިކަލް ޓީމްތަކާ ގުޅޭނެ ކަމަށާއި، މިހާރު މިދާގޮތަށް ދާނަމަ، […]

ޙުސައިން ޝަހުދީ
އިތުރު ދެ ކަރަންޓީނު ފެސިލިޓީ ހަމަޖައްސައިފި

އިތުރު ދެ ކަރަންޓީނު ފެސިލިޓީ ހަމަޖައްސައިފި

ކޯވިޑް-19 އާއި ގުޅިގެން މިހާރު ބޭނުން ކުރަމުންދާ ކަރަންޓީން ފެސިލިޓީސްތަކުގެ އިތުރުން، ދެ ކަރަންޓީނު ފެސިލިޓީއެއް އަލަށް ހަމަޖައްސައިފާ ވާކަމަށް ސަރުކާރުން ބުނެފިއެވެ. މިހާރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) ގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވީ ކަރަންޓީނު ފެސިލިޓީސްގެ ގޮތުގައި އިތުރު ދެ ރިސޯޓު ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހަމަޖެއްސި ދެ ރިސޯޓަކީ ކަނޑިންމަ މޯލްޑިވްސްއާއި، އިރުފުއްޓެވެ. ކަރަންޓީ...

ޝިއުނާ އާދަމް
އައިޖީއެމްއެޗްގައި މައްޔިތުންގެ މޫނު ދެއްކުން ހުއްޓާލައިފި

އައިޖީއެމްއެޗްގައި މައްޔިތުންގެ މޫނު ދެއްކުން ހުއްޓާލައިފި

ކޯވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗް ތެރޭގައި މައްޔިތުންގެ މޫނު ދެއްކުން ހުއްޓާލައިފި އެވެ. އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މީގެކުރީގައިނަމަ ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ހޮސްޕިޓަލަށް އަންނަ ކަމަށާއި މިއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާއްމުންނަށް ވެސް ބަލި ފެތުރިދާނެ ކަމަކަށް ވެދާނެ ކަމަށެވެ. އަދި މިއީ ޖުމްލަ ގޮތެއްގައި މިވަގުތު މާލޭގައި ކޮވިޑާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑް އޮތް ހާލަތަށް ބަލާއ...

ޔުމްނާ ޢަލީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކައުންސިލް ތަކަށް އަންގައިފިއެވެ. މިއަދު އެމިނިސްޓްރީއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ  ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަ...

ޝިއުނާ އާދަމް
ކާވިޔާ ބޯއްޓުންދިޔަ އުލިގަމު މީހާގެ ފުރަތަމަ ޓެސްޓް ޕޮސިޓިވް ވެއްޖެ

ކާވިޔާ ބޯއްޓުންދިޔަ އުލިގަމު މީހާގެ ފުރަތަމަ ޓެސްޓް ޕޮސިޓިވް ވެއްޖެ

ހއ. އުލިގަމުން ޓެސްޓް ކުރި މީހާ ގެ ފުރަތަމަ ޓެސްޓް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެފައިވާކަމަށް މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. އޭނާ ކޯވިޑް19 ށް ޕޮޒިޓިވްތޯ ބެލުމުގެ މަސައްކަތް ކުރަމުން ދާކަމަށާއި އުލިގަމުން ޓެސްޓް ހެދި ފުރަތަމަ މީހާގެ ސާމްޕަލް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ކޯވިޑް19 އަށް ޕޮސިޓިވް ވެފައިވޭތޯ ބެލުމުހެ އިތުރު ޓެސްޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. ސްކްރީނިން ޕޮޒިޓިވް ވިޔަސް އަދި ކޯވިޑް19 ހުރިތޯ ޔަގީން ކުރުމަށް އިތުރު ޓެސްޓް ކ...

ޔުމްނާ ޢަލީ
ކޯވިޑް-19: 15 ބިދޭސީއަކު ފައްސިވެއްޖެ

ކޯވިޑް-19: 15 ބިދޭސީއަކު ފައްސިވެއްޖެ

މާލެއިން އިތުރު 15 ބިދޭސީއަކު ކޯވިޑް-19 އަށް ފައްސި ވެއްޖެއެވެ. އެއީ ބަންގުލަދޭޝް 13 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 2 މީހެކެވެ. މި ބައްޔަށް 13 ބަންގުލަދޭޝް މީހަކާއި، އިންޑިއާ 2 މީހަކު ފައްސިވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. An additional 13 cases (MAV037, MAV038, MAV039, MAV040, MAV041, MAV042, MAV043, MAV044, MAV045, MAV046, MAV047, MAV048, MAV049), of Bangladesh nationals are linked to an existing cluster linked to […]

ޝިއުނާ އާދަމް
މާލެއިން 16ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން 16ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން 16ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި ބައްޔަށް މިފަހަރު ޕޮޒިޓިވް ވެފައިވަނީ ބިދޭސީއެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މި މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. މިމީހާއަކީ މިހާތަނަށް ޕޮޒިޓިވްވި އެއްވެސް މީހަކާ ސީދާ ދިމާވި މީހެއް ނޫންކަމަށް އެޗްޕީއޭއިން ވިދާޅުވޭ. ކޯވިޑް-19އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދި...

ޔުމްނާ ޢަލީ
ވައިކަރަދޫ ކަރަންޓީނުކޮށް މޮނިޓަރިންގެ ހާލަތަށް

ވައިކަރަދޫ ކަރަންޓީނުކޮށް މޮނިޓަރިންގެ ހާލަތަށް

މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާކަން އެޗްޕިއޭއިން ވަނީ ހދ. ވައިކަރަދޫ ކައުންސިލަށް އަންގާފައެވެ. އެޗްޕީއޭއިން ވައިކަރަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި ބުނެފައިވަނީ އެރަށް ކަރަންޓީނުކޮށްފައިވަނީ ވައިކަރަދޫއަށް ދަތުރުކޮށްފައިވާ ބޯޓެއްގައި ހުރި މީހެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ޞިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ. ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭ...

ޔުމްނާ ޢަލީ
ކަރުދާހުގައި 24 ގަޑިއިރަށް ކޯވިޑް-19 ހަރުލާފައި ހުރި ކަމަށް ދައްކާ: ޑރ. ފައިސަލް

ކަރުދާހުގައި 24 ގަޑިއިރަށް ކޯވިޑް-19 ހަރުލާފައި ހުރި ކަމަށް ދައްކާ: ޑރ. ފައިސަލް

‌‎ކަރުދާހުގައި 24 ގަޑިއިރަށް ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ހަރުލާފައި ހުރިކަމަށް ދިރާސާއިން ދައްކާ ކަމަށް ޑރ. ފައިސަލް ވިދާޅުވެއްޖެއެވެ. ކޯވިޑް-19 ބަލި ފެތުރެން ފެށީއްސުރެ ރާއްޖޭގެ އާންމު ރައްޔިތުންނަށް އެބައްޔާއި ގުޅޭ ހޯދުން ތަކުގެ މަޢުލޫމާތު މީސް މީޑިއާގައި ހިއްސާ ކުރަށްވަމުންދާ ދިވެހި ޑަކްޓަރުން ތެރޭ ހިމެނި ވަޑައި ގަންނަވާ އައިޖީއެމްއެޗްގެ ޑަކްޓަރ، ޑރ. ފައިސަލް އެހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައިއެވެ. ޓުވީޓަރ މެދުވެރިކޮށް މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ޑރ. ފައިސަލް ވިދާޅުވީ ކަރު...

ޙުސައިން ޝަހުދީ
އެމްބީއެސް އިން އާދޭހާއި އެކު އެދެނީ ލޭ ހަދިޔާ ކޮށްދިނުމަށް!

އެމްބީއެސް އިން އާދޭހާއި އެކު އެދެނީ ލޭ ހަދިޔާ ކޮށްދިނުމަށް!

ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ލޭ ލިބުން ދަތިވެ، ލޭގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައި ވާތީ އާންމުންގެ އެހީތެރި ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން އަނެއްކާ ވެސް އެދިއްޖެ އެވެ. އެކަމާއި ގުޅިގެން އެމްބީއެސް އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ލޭ ހަދިޔާ ކޮށްދިނުމަށް އައުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. ބްލަޑް ބޭންކްގައި ލޭ ވަރަށް ބޮޑަށް މަދުވެއްޖެ ކަމަށާއި، އެކަމުގައި އެހީތެރިވުމަށް އެމްބީއެސްއިން އެދިފައިވެއެވެ. https://thiladhun.com/27105 މިހިނގާ އޭޕްރިލް މަހުގެ […]

ޙުސައިން ޝަހުދީ
ކޯވިޑް-19: ފައްސިވި މީހުން ތެރޭގައި މާބަނޑު މީހެއް!

ކޯވިޑް-19: ފައްސިވި މީހުން ތެރޭގައި މާބަނޑު މީހެއް!

މާލެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި މާބަނޑު އަންހެނެއް ހިމެނޭ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ. އެކަން ހާމަ ކުރެއްވީ ކޯވިޑް-19 ގެ ހާލަތާއި ގުޅޭ ފަހުގެ މަޢުލޫމާތު ދެއްވުމަށް ރޭ ނެޝަަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މާލެއިން ކޯވިޑް-19 އަށް ފައްސިވި 15 މީހުންގެ ތެރޭގައި ހިމެނޭ އެ މާބަނޑު މީހާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށްވެސް ރޭ މަބްރޫކު […]

ޔުމްނާ ޢަލީ
ކަނޑުމަތީ ހާލުގައި ޖެހުނު ތިން މީހުން ސަލާމަތް ކޮށްދީފި

ކަނޑުމަތީ ހާލުގައި ޖެހުނު ތިން މީހުން ސަލާމަތް ކޮށްދީފި

ތިން މީހުނާއެކު ދަތުރުކުރި ލޯންޗެއް ހާލުގައި ޖެހިފައި ވަނިކޮށް ފުލުހުން އެ މީހުން ސަލާމަތް ކޮށްފި އެވެ. ރޭ ފުލުހުން ބުނީ 2020 އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ 22:00 ހާއިރު އދ. އަރިއަދޫ އިން ދ. މީދޫ އަށް 3 މީހުއްނާއި އެކު ދަތުރު ކުރި ލޯންޗެއް ފ. ފީއަލި ކައިރިން ހާލުގައި ޖެހިގެން އުޅޭ މައުލޫމާތު ފުލުހުއްނަށް ލިބިފައިވާ ކަމަށެވެ. އެމައުލޫމާތު ލިބުމުން ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވަނީ އެ 3 […]

ޔުމްނާ ޢަލީ