މާލެ ސިޓީ އިން ސާދަ ވަނަ މީހާ ކޯވިޑް-19 އަށް ފަައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުން މިވަގުތު މިބައްޔާއި ގުޅިގެން ރާއްޖޭގައި 1053 މީހުން މިހާރު ކަރަންޓީން ފެސިލިޓީސްތަކުގައި އެބަތިއްބެވެ. އަދި 61 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.
އެޗްޕީއޭ އިން ބުނީ، ސާދަ ވަނައަށް މީހާއަކީ ފައްސިވި މީހާއަކީ ކޭސް 27 އާއި ސީދާ ދިމާވެފައިވާ މީހެއް ކަމަށެވެ.
އެ މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި ސާދަވަނަ މީހާ، މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން.#ގޭގައިމަޑުކުރައްވާ
— Health Protection Agency (@HPA_MV) April 18, 2020
ރޭ މެންދަމު 12:00 އިން މިއަދު ހަވީރު 16:30 އާއި ހަމައަށް މާލެއިން ކޮވިޑް-19 އަށް ފައްސިވި ކޭސްތައް
- 9 ވަނަ މީހާ ފައްސިވުން ، 27 ވަނަ މީހާއާއި ސީދާ ބައްދަލުވެފައިވާ މީހެއް، (އެޗްޕީއޭއިން ރިޕޯޓު ކުރި ގަޑި: މެންދަމު 1:15)
- 10 ވަނަ މީހާ ފައްސިވުން ، 28 ވަނަ މީހާއާއި ސީދާ ބައްދަލުވެފައިވާ މީހެއް، (އެޗްޕީއޭއިން ރިޕޯޓު ކުރި ގަޑި: ހެނދުނު 10:54)
- 11 ވަނަ މީހާ ފައްސިވުން ، 27 ވަނަ މީހާއާއި ސީދާ ބައްދަލުވެފައިވާ މީހެއް، (އެޗްޕީއޭއިން ރިޕޯޓު ކުރި ގަޑި: ހެނދުނު 11:00)
- 12 ވަނަ މީހާ ފައްސިވުން ، 30 ވަނަ މީހާއާއި ސީދާ ބައްދަލުވެފައިވާ ބަނގުލަދޭޝް މީހެއް، (އެޗްޕީއޭއިން ރިޕޯޓު ކުރި ގަޑި: މެންދުރު 12:07)
- 13 ވަނަ މީހާ ފައްސިވުން ، 28 ވަނަ މީހާއާއި ސީދާ ބައްދަލުވެފައިވާ މީހެއް، (އެޗްޕީއޭއިން ރިޕޯޓު ކުރި ގަޑި: މެންދުރު ފަހު 15:52)
- 14 ވަނަ މީހާ ފައްސިވުން ، 27 ވަނަ މީހާއާއި ސީދާ ބައްދަލުވެފައިވާ މީހެއް، (އެޗްޕީއޭއިން ރިޕޯޓު ކުރި ގަޑި: މެންދުރު ފަހު 16:04)
ކޯވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 34 މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން 16 މީހުން ރަނގަޅު ވެފައިވާއިރު ބަލިން ރަނގަޅު ނުވާ 16 މީހުން އެބަތިއްބެވެ. ރާއްޖެއިން ފުރައިގެން ދިޔަ ފަހުން ކޯވިޑް-19 އަށް ފައްސިވިކަން އެނގުނު 2 މީހަކު ތިބީ އެމީހުންގެ ޤައުމުގައެވެ. ރާއްޖެއިން މިބައްޔަށް ފައްސިވެފައި ވަނީ 18 ދިވެހިންނާއި 16 ބިދޭސީންނެވެ.
— Health Protection Agency (@HPA_MV) April 18, 2020
އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން މިހާތަނަށް 3711 މީހުން މިބައްޔަށް ޓެސްޓު ކުރެވިފައިވެއެވެ. އޭގެ ތެރެއިން 34 މީހުން ފައްސި ވެފައިވާ އިރު ނައްސި ވެފައި ވަނީ 3426 މީހުންނެވެ. 253 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!