މާލެއިން އިތުރު 2 މީހަކު ކޯވިޑް-19 އަށް ފަައްސި ވެއްޖެއެވެ.
އެހެން ކަމުން މިހާރު މާލެ އިން މިބައްޔަށް ފައްސިވި މީހުންގެ ޢަދަދު 11 އަށް އެރީއެވެ.
މި ދެ މީހުންވެސް އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، 10 ވަނައަށް ފައްސިވި މީހާއަކީ ކޭސް 27 އާއި ސީދާ ދިމާވެފައިވާ މީހެއް ކަމަށެވެ.
ކޭސް 30#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
11 ވަނަ އަށް ފައްސިވި މީހާއަކީ ކޭސް 28 އާއި ސީދާ ދިމާވެފައިވާ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޭސް 31#ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއް (ކޭސް:28) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި.
— Health Protection Agency (@HPA_MV) April 18, 2020
ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްފައިވަނީ 30 މީހެކެވެ. މީގެ ތެރެއިން 11 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
ކޯވިޑް-19 ޖެހިފައިވާ 100 ވަރަކަށް މީހުން މިހާރު ތިބޭނެ ކަމަށް ޑަކްޓަރުން ލަފާ ކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!