މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,842 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1031 ވަނަ ޞަފްޙާ

އިތުރު 14 ދުވަހަށް މާލެ ލޮކްޑައުން ކޮށްފި

އިތުރު 14 ދުވަހަށް މާލެ ލޮކްޑައުން ކޮށްފި

ވެރިރަށް މާލެއިން ކޯވިޑް-19 ގެ އިތުރު ކޭސްތަކެއް ފެނުމާއިއެކު، މާލެ ސިޓީގެ ލޮކްޑައުންގެ މުއްދަތަށް 14 ދުވަސް އިތުރު ކޮށްފިއެވެ. މިހާރު ހިނގަމުން މިދަނީ މާލެ ސިޓީގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ ލޮކްޑައުން ކުރިތާ ތިން ވަނަ ދުވަހެވެ. އެޗްޕީއޭއިން މިއަދު އާންމު ކުރި އެންގުމެއްގައި ވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ […]

އަލީ އާދިލް
މިހާރު މި އޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތު: މަބްރޫކް

މިހާރު މި އޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތު: މަބްރޫކް

މިހާރު މި އޮތް ހާލަތަކީ އެންމެ ނުރައްކާތެރި ހާލަތު ކަމަށާއި، ކޮންމެ މީހަކު ވެސް ވިސްނަންވީ އެ މީހަކަށް އެޅެން އޮތް ފިޔަވަޅެއް އެޅޭތޯ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހަވީރު ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި މަބްރޫކު ވިދާޅުވީ ކޮންމެ މީހަކު ވެސް ވިސްްނަންވީ އެ މީހަކަށް އެޅެން […]

ޝިއުނާ އާދަމް
މާލެއިން 8 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން 8 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން 8 ވަނަ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން #ކޯވިޑް19 ގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުތަކުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައި މިއީ، މާލެއިން މި ބައްޔަށް ޕޮޒިޓިވް ވި އަށްވަނަ މީހާ، މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން.#ގޭގައިމަޑުކުރައްވާ — Health Protection Agency (@HPA_MV) April 17, 2020 މިއީ މާލެއިން […]

އިބްރާހިމް އަސްވާޤް
ކޯވިޑް-19: އިތުރު ދިވެއްސެއް އަނެއްކާވެސް ފައްސި ވެއްޖެ

ކޯވިޑް-19: އިތުރު ދިވެއްސެއް އަނެއްކާވެސް ފައްސި ވެއްޖެ

މާލެއިން އިތުރު ދިވެއްސަކު ކޯވިޑް-19 އަށް ފައްސި ވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ‏ކޯވިޑް-19 އަށް ފައްސި ވި ދިވެއްސެއް (ކޭސް:23) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދިޓެސްޓުން އެމީހާ ފައްސި ވެއްޖެ ކަމަށެވެ. މިއީ، މާލެއިން މި ބައްޔަށް ފައްސިވި ހަވަނަމީހާ ކަމަށާއި، އެ މީހާ އައިސޮލޭޝަން އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުން ދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މާލެއިން ކޯވިޑް-19 އަށް ފައްސިވި ކޭސް 21، ކޭސް 22 އަދި […]

ޝިއުނާ އާދަމް
މިފަހަރުގެ ރޯދަމަހަށްވެސް ދާއިރާއަށް ނާޒިމް އެހީތެރިކަން!

މިފަހަރުގެ ރޯދަމަހަށްވެސް ދާއިރާއަށް ނާޒިމް އެހީތެރިކަން!

ނާޒިމްއަފާ ފައުންޑޭޝަނުން ދަނގެތީ ދާއިރާގެ ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ފޮނުވައިފިއެވެ. އެގޮތުން ދާއިރާގެ ކޮންމެ ގޭބީސީއަކަށް ފިޔާ ބަސްތާއަކާއި ބިސް ކޭހެއް ރޯދަ އިނާޔަތުގެ ގޮތުގައި އެ ފައުންޑޭޝަނުން ވަނީ ދީފައެވެ. މި އެހީތެރިކަން ފާއިތުވި ރޯދަމަހުވެސް ދާއިރާގެ މެމްބަރު ނާޒިމްގެ ފަރާތުން ދާއިރާގެ ރަށްޔިތުންނަށް ވަނީ ފޯރު ކޮށްދީފައެވެ. ކުރިން ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި، މިހާރު ދަނގެތީ ދާއިރާގެ މަޖިލިސް މެންބަރު ނާޒިމް ވިދާޅުވީ މިއީ ރައްޔިތުންނަށް އެންމެ އެހީތެރިކަން ބޭނުންވާ ވަގުތު ކަ...

ޔުމްނާ ޢަލީ
އޮޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

އޮޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދެނީ

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖެއަށް ދިމާވާނެ މާލީ ދަތި ތަކުން އަރައި ގަތުމަށް އެހީތެރި ވުމުގެ ގޮތުން އޮޕެކް ފަންޑުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެމަޖަންސީ ލޯނެއް ދޭން ނިންމައިފިއެވެ. އޮޕެކް ފަންޑުން ރާއްޖެއަށްދޭން ނިންމި 20 މިލިއަން ޑޮލަރުގެ ލޯނު އެހީއަކީ ދިވެހި ސަރުކާރުގެ އިޤްތިޞާދީ ރިކަވަރީ ޕްލޭނަށް އެހީވުމަށް ދޭން ނިންމާފައިވާ ލޯނެއް ކަމަށް އޮފިޑުން ބުނެއެވެ. ޕަބްލިކް ސެކްޓަރއަށް ހަރަދުކުރުމަށް ދޭ ލޯނުގެ ގޮތުގައި އޮޕެކްގެ ގަވަރނިން ބޯޑުން 130.5 މިލިއަން ޑޮލަރުގެ […]

ޔުމްނާ ޢަލީ
ކޮވިޑް-19: އިތުރު ދެ ދިވެއްސަކު ފައްސި ވެއްޖެ

ކޮވިޑް-19: އިތުރު ދެ ދިވެއްސަކު ފައްސި ވެއްޖެ

މާލެއިން އިތުރު ދެ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އޭޖެންސީ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޭސް 23 އާއި ސީދާ ބައްދަލުވި ދެ ދިވެހިން ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. މި ދެ ކޭހާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. އެޗްޕީއޭ އިން ބުނީ، ކަރަންޓީން ފެސިލިޓީސްގައި ތިބި އެ ދެމީހުން މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މާލެއިން އިއްޔެ ތިން ކޭސް ފެނުމާ […]

ޝިއުނާ އާދަމް

ކޯވިޑް-19: ޟަރޫރީ ބޭނުމެއްގައި ނޫނީ ރަށް ރަށަށް ދަތުރު ނުކުރަން އަންގައިފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް ނިންމައި، ޟަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އެޗްޕީއޭއިން އަންގައިފިއެވެ. އެޗްޕީއޭއިން އާންމު ކުރި އެންގުމެއްގައި ވަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު /2012 July 2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފ...

ޔުމްނާ ޢަލީ
މަހިބަދޫ ލޯންޗްތަކުގައި ރޯކޮށްލުމުގެ ޒިންމާ އައިއެސްއައިސް އިން އުފުލައިފި

މަހިބަދޫ ލޯންޗްތަކުގައި ރޯކޮށްލުމުގެ ޒިންމާ އައިއެސްއައިސް އިން އުފުލައިފި

އދ. މަހިބަދޫ ފަޅުގައި އަޅާފައިވާ ލޯންޗްތަކެއްގައި ރޯކޮށްލުމުގެ ޒިންމާ ހަނގުރާމަވެރި ނިރުބުވެރި ޖަމާއަތް އައިއެސްއައިސް ޖަމާއަތުން އުފުލައިފި ކަމަށް، ޓެރަރިޒަމްގެ އަމަލުތައް ދިރާސާކުރާ ސައިޓް އިންޓެލިޖެންސުން ބުނެފި އެވެ. ސައިޓް އިންޓެލިޖެންސް ގްރޫޕްގައި ބުނެފައިވާގޮތުން، ފުލުހުންގެ ލޯންޗަކާއި ސީ އެމްބިއުލާންސް ހިމެނޭގޮތަށް ދިން މި ހަމަލާގެ ޒިންމާ އައިސިސް އިން ނަގާފައިވާކަމަށާއި އެއީ ގޮވާތަކެތި ބޭނުންކޮށްގެން ކުރި ކަމެއްކަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ. އދ. މަހިބަދޫގައި ހިނގާފައިވާ އަލިފ...

އިބްރާހިމް އަސްވާޤް
އެޗްޕީއޭގެ ނިންމުންތައް ރަނުންރަނަށް ތަންފީޒު ނުކޮށްދޭނަމަ، އެކަށޭނެ ނަތީޖާ ނުފެންނާނެ، ނުރައްކާބޮޑުވާނެ

އެޗްޕީއޭގެ ނިންމުންތައް ރަނުންރަނަށް ތަންފީޒު ނުކޮށްދޭނަމަ، އެކަށޭނެ ނަތީޖާ ނުފެންނާނެ، ނުރައްކާބޮޑުވާނެ

ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުން އެޗްޕީއޭގެ ނިންމުންތައް ރަނުންރަނަށް ތަންފީޒު ނުކޮށްދޭކަމުގައިވާނަމަ އެކަށޭނެ ނަތީޖާ ނުފެންނާނެކަމަށާއި ނުރައްކާ ބޮޑުވާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އަޙްމަދު ފާއިޒް ހުސައިން އެބޭފުޅާގެ ފޭސްބުކްގައި ބުނެފައިވަނީ މާލެ ލޮކްޑައުންކޮށްފައިވާއިރުވެސް މާލޭގެ ކުދި ކުދިގޯޅިތަކަށް ނުކުމެއުޅޭ ބޭރުމީހުން ގެއަށް ވެއްދޭތަނެއް ނުފެންނަކަމަށެވެ. ތަނެއް ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހެނީ އެތަނެއްގައި...

ޔުމްނާ ޢަލީ
ކޯވިޑް-19: ކޭސް 21، 22 އަދި 23 ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފި

ކޯވިޑް-19: ކޭސް 21، 22 އަދި 23 ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފި

އިއްޔެ މާލޭގެ ފްލޫ ކްލިނަކަކަށް ދެއްކުމުން ފައްސިވި ރާއްޖެއިން ފެނުނު 21 ވަނަ ކޮވިޑް-19 ބަލި މީހާއާއި، އޭގެ ފަހުން ފައްސިވި 2 މީހުންނާއި ގުޅޭ އިތުރު މައުލޫމާތު ސަރުކާރުން ހާމަކުރަށްވައިފިއެވެ. މި މައުލޫމާތުތައް އާންމުކޮށް ދެއްވީ ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހަވީރު ދަރުބާރު ގޭގައި ހުންނަ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ކޮވިޑް-19 ޓާސްކު ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މިއަދު މަބްރޫކު […]

ޝިއުނާ އާދަމް
7207438 އިން ގުޅަނީ ވައްކަން ކުރަން، ސަމާލުވޭ!: ފުލުހުން

7207438 އިން ގުޅަނީ ވައްކަން ކުރަން، ސަމާލުވޭ!: ފުލުހުން

7207438 ނަމްބަރުން ގުޅައި، އޮޅުވާލައިގެން ފައިސާއިން ވައްކަން ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަމަށް ސަމާލު ވުމަށް ފުލުހުން އެދިއްޖެއެވެ. ބޭންކް އޮފިޝަލުން ކަމަށް ހެދިގެން އެ ނަމްބަރުން ގުޅަނީ އޮޅުވާލައިގެން ވައްކަން ކުރުމުގެ ބޭނުމުގައި ކަމަށާއި، އެފަދަ ކޯލުތަކަށް ސަމާލުވެ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމާއި، އެ ކޯލަށް ޖަވާބު ނުދިނުމަށް ފުލުހުން އެދިފައި ވެއެވެ. why you can't block that number. — ali.sulaiman (@AliSulaimanu) April 16, 2020   ފުލުހުން ބުނީ ފޭކު […]

ޝިއުނާ އާދަމް

ކޮންމެހެން ބޭނުންވާ ބޭސް އެސްޓީއޯއިން ގެއަށް ފޯރު ކޮށްދެނީ

މާލެ ސިޓީ ލޮކްޑައުންގައިވާ ހާލަތުގައި ބޭސް ސިޓީ ފޮނުވުމުން ކޮންމެހެން ބޭނުންވާ ބޭސްތައް، ގެއާ ހަމައަށް ފޯރު ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ. އެސްޓީއޯއިން ބުނީ 7922035 ބޭސް ސިޓީއާއި ބަލިމީހާގެ އައިޑީކާޑު ފޮޓޯއެއް ފޮނުވައިދިނުމުން ގެއާ ހަމައަށް ބޭސް ގެންގޮސްދޭނެ ކަމަށެވެ. އެ ޚިދުމަތަށް އެދިލަށްވާއިރު ޑެލިވަރީ ކުރަން ޖެހޭ ގޭގެ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. @StoMedical will coordinate with command centers to […]

ޝިއުނާ އާދަމް
ކޯވިޑް-19 : މާލެ ސިޓީން 11 ގެއެއް މޮނިޓަރިން ހާލަތަށް ގެނެސްފި

ކޯވިޑް-19 : މާލެ ސިޓީން 11 ގެއެއް މޮނިޓަރިން ހާލަތަށް ގެނެސްފި

އިއްޔެ މާލެއިން ކޯވިޑް-19 އަށް ފުރަތަމަ ފައްސިވި މީހާއާއި ގުުޅުންހުރި މާލެ ސިޓީގެ މާލެ، ހުޅުމާލެއިން 11 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މި ގެތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރާއްޖެއިން 21 ވަނައަށް ފައްސިވި މީހާގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހުގައި ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު މި ގެތަކަށް ވަދެ ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ގެތައް: ހ.ރަތްކުރެދި އާރު މ.ފީރޯޒުގެ 6 ބީ މ.ސޯސަންމާގެ ހ.ފެނިގެއްލިދާގެ 7ވަނަ ބުރި ހުޅުމާލެ […]

ޔުމްނާ ޢަލީ
މާލެ ސަރަހައްދުގައި އިއުލާން ކުރި ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި

މާލެ ސަރަހައްދުގައި އިއުލާން ކުރި ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި

މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ މުއްދަތު  24 ގަޑިއިރަށް އިތުރުކޮށްފިއެވެ. އެޗްޕީއޭއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ބުނެވިދިޔަ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞ...

ޖަލްވާން ޖާދުﷲ