މާލެ ސަރަހައްދުގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފައިވާއިރު މަގުމަތީގައި އުޅޭ ފަރާތްތަކާއިމެދު މިރެއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ މިރޭ 08:30 އިން ފެށިގެން ފިޔަވަޅު އަޅާނެކަމަށާއި މަގުމަތީގައި އުޅޭ އެންމެން 08:30 ގެ ކުރިން ގެއަށްވަނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ފުރަތަމަ ފަހަރު މަގުމަތިން ފެނިފައިވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ދެވަނަ ފަހަރަށް ފެނިއްޖެ ނަމަ ހައްޔަރު ކުރާނެކަމަށެވެ.

ލޮކްޑައުންގައި މަގުމަތީގައި އުޅޭނަމަ ޖޫރިމަނާކުރާނެ ކަމަށާއި 14 ދުވަހުގެ ކަރަންޓީނަށް ފޮނުވާލާނެ ކަމުގައި ފުލުހުން ކުރިން ބުނެފައިވެއެވެ. ނަމަވެސް މާލެމަގުމަތީގައި އެކިކަންކަމާއި ނިކުމެއުޅޭ މީހުންނަށް އެދެވޭ ފިޔަވަޅެއް އެޅޮފައި ނުވާތީ ގިނަ ފަރާތްތަކުން އައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.