ކޯވިޑް-19: ކިޔަވައިދޭން ފެށަން ތައްޔާރުވާން އަންގައިފި
ކޯވިޑް-19 ގެ ސަބަބުން ބަންދުކޮށްފައިވާ ސްކޫލްތަކުގައި ކިޔަވައިދޭން ފެށުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ ސޮއިކުރައްވައި ސްކޫލަކަށް ފޮނުއްވި ސާކިއުލާގައި ވިދާޅުވީ ބަލިމަޑުކަމުގެ ޙާލަތަށް ބެލުމަށް ފަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ކަމާގުޅުން ހުރި ފަރާތްތަކުގެ ލަފާގެ މަތިން ސްކޫލުތައް ހުޅުވައި ކިޔަވައިދިނުމަށް މިހާރު ތައް...