ޮކޯވިޑް19 އާއި ގުޅިގެން ކުރެންދޫ ޓާސްކްފޯސްގައި ހަރަކާތް ތެރިވެލައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބޭނުންވާ ބައެއް ތަކެތި ކުރިމަގު ފައުންޑޭޝަންގެ ފަރާތުން ކުރެންދޫ ސިއްހީ މަރުކަޒާއި ހަވާލު ކޮށްފިއެވެ.

އެފައުންޑޭޝަން އިން ބުނީ މިއީ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއާއި އެކު ލިބިފައިވާ ތަކެތި ކަމަށެވެ. މި ތަކެތީގެ ތެރޭގައި 700 މާސްކް، 48 ފުޅި ހޭންޑް ސެނިޓައިޒަރ، 800 ޖޯޑު އަންގި އަދި 2 ފުޅި ޑިސިންފެކްޓް ސްޕްރޭ ހިމެނެއެވެ. މި ހަވާލު ކުރެވުނުތަކެތީގެ ޖުމްލަ އަގު ސާދަހާސް ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

Ad
rt

އެ ފައުންޑޭޝަނުން ހާމަ ކުރާގޮތުގައި ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ސިއްހީ ހިދުމަތްތެރިންނާއިއެކު އެ ފައުންޑޭޝަންގެ އެންމެހާ މެންބަރުން ތިބޭނެކަމާއި އަދި ސިއްހީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް އެ ފައުންޑޭޝަނުން ފާހަގަ ކޮށް އެބޭފުޅުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވާފައިވެއެވެ.

އެޖަމިއްޔާ އުފެއްދީ 06 ސެޕްޓެމްބަރ 2016 ގަ އެވެ. އިންސާނީ ވަސީލަތްތައް ބިނާ ކުރުމާއި އިޤްތިސާދީ ގޮތުން ފުދުންތެރިކަން އިތުރުކުރުމާއި އިޖްތިމާޢީ ގޮތުންނާއި ސިއްހީ ގޮތުން ހޭލުން ތެރިކަން އިތުރު ކުރުމާއި އިސްލާމްދީނާއި ދިވެހިބަހާއި ޡަޤާފަތް ދިރުވާ އާލާކޮށް ތިމާވެއްޓަށް އަހުލުވެރި، ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައެއް އެރަށުގައި ބިނާކުރުމަށް އެ ފައުންޑޭޝަނުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.