މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ހަވާލުކުރި މީހާގެ އިހްލާސްތެރިކަމުގެ އަގުވަޒަން ކޮށްފި
އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަނގްލަދޭޝް ގެ ރައްޔިތެއްކަމުގައިވާ އެމް.ޑީ ކަމާލް ހޮސައިން އެރަށު މަގެއްމަތިން ހޮވި އެއްލައްކަ ރުފިޔާ (ދިވެހި ރުފިޔާ 100000) ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދީޔާ ދީފިއެވެ. މި ޖޫން މަހުގެ 10 ވަނަ ދުވަހު އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް […]