ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޑޮމިނޭޓާސް ފުޓްސެލް ކަޕް 2023” ގެ ޗެމްޕިއަންކަން ކުރިމަގު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުރިމަގު ސްޕޯޓްސް ކުލަބާއި އެފްސީ ޓައިޓަންސްއެވެ. މި މެޗު ކުރިމަގުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޓައިޓަންސް މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް […]
އިބްރާހިމް ޚަލީލް
މުލަކަތޮޅު ކޮޅުފުށީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިފްތިތާހްކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި މަޝްރޫއުތައް އިފްތިތާޙް ކޮށްދެއްވީ އެރަށަށް މިއަދުކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު ވަނީ މ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި 8 ކްލާސްރޫމް ހުޅުވައިދެއްވާފައެވެ. އަދި އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ނިމުންފާހަގަކުރުމާއި އެރަށުގެ ފެނުގެ ނިޒާމު ވެސް ރަސްމީގޮތުން ވަނީ ފަށްޓަވައިދެއްވާފައެވެ. ގްރީން ފަންޑުން ހަރަދުކޮށްގެން ކޮޅުފުށީގެ ގޮނޑުދޮށް ހިމ...
މުޙައްމަދު އަފްރާޙް
ޗައިނާ ޓޫރިސްޓުން ރާއްޖޭގެ މޫދަށް އެރި އުޅޭއިރު، ސަމާލުވުމަށް ޗައިނާ އެމްބަސީން އިލްތިމާސްކޮށްފިއެވެ. އެގަމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މިގޮތަށް އިލްތިމާސް ކުރީ ފާއިތުވި މަސްތަކުގައި އެ ގައުމުގެ ޓޫރިސްޓުންނަށް މޫދުގައި އެކި ކަހަލަ ހާދިސާތައް ދިމާވެފައިވާތީ އެވެ. ޗައިނާ އެމްބަސީ އާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މޫދަށް ގެނބުމުގެ ހާދިސާތަކުގައި މިފަހަކުން ތިން ޓޫރިސްޓަކު މަރުވެފައެވެ. އަދި މޫދަށް އެރި އުޅުމުގައި މިޔަރު ދަތް އެޅުމުގެ ހާދިސާތައް ވެސް ހިނގާފައިވާކަ...
މުޙައްމަދު އަފްރާޙް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ކުންފުނިތަކުގެ މެނޭޖަރުންނާއި ބޯޑުތައް ޒިންމާދާރު ކުރުވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީން ކުރިއަށްގެންދާ “ނުއިވޭ އަޑު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. “ދިވެހި ރާއްޖެ ކޮރަޕްޝަންގެ ވިލާގަނޑެއްގެ ދަށުގައި” މި މައުޟޫއަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިއަދު ފެންނަނީ ބޯޑުތަކަށް ތަފާތު ބޭފުޅުންލާތަން ކަމަށާއި ސަރުކާރ...
މުޙައްމަދު އަފްރާޙް
ކޮޅުފުށީގައި އިތުރު 50 ހައުސިން ޔުނިޓު އަޅައިދެއްވާނެ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ “އުފާވެރި އަމާން ރާއްޖެ” މި ޝިއާރުގެ ދަށުން ކެމްޕެއިން ކުރެއްވުމަށް މ. އަތޮޅަށާއި ވ. އަތޮޅުގެ ބައެއް ރަަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މ. ކޮޅުފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ....
މުޙައްމަދު އަފްރާޙް
އާއްމުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ “އީޓުކުރި” މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ޝައުނާ ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޑިޖިޓަލް އެކި އެކި ވަސީލަތްތަކުގެ ބޭނުން ހިފައި، އާއްމުންނަށް ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދ...
މުޙައްމަދު އަފްރާޙް
މީމު މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 83 އިންސައްތަ މަސްއްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތާއި ބޮލާޑް އާއި ވީ– ފެންޑާ ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 91 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ […]
އަޙްމަދު ވަހީދު
އިންގްލެންޑްގެ ވެރިރަށް ލަންޑަންގައި ބާއްވާ ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ފަސްވަނަ ފަރަށް ސާބިއާގެ ނޮވަކް ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ. ހުކުރު ދުވަހު ކުޅުނު މުބާރާތުގެ ސެމީ ފައިނަލް މެޗުގައި އުމުރުން 36 އަހަރުގެ، ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޖޮކޮވިޗް ބައްދަލު ކޮށްފައި ވަނީ ދުނިޔޭގެ ރޭންކިންގެ އަށް ވަނައިގައި އޮތް އިޓަލީގެ ޔަނިކް ސިނާއާއެވެ. މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށް ޖޮކޮވިޗް ވަނީ މުބާރާތުގެ ފައިނަލުން […]
އިބްރާހިމް ޚަލީލް
ގިނަ ހިދުމަތްތަކާއެކު “އީ ޓުކުރި” މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ. މި އެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ. “މީރުމާ” ގައި ބޭއްވި މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ މެނޭޖިން ޑިރެކްޓާ އާދަމް މުހައްމަދު ވަނީ ޕޯސްޓުގެ ދާއިރާއިން ރާއްޖެ ވެސް ކާމިޔާބީތަކެއް ހޯދަމުން އަންނަކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދ...
މުޙައްމަދު އަފްރާޙް
އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތައްތަކަށް ހިޖުރަކުރާ މީހާ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. “ހިޖުރައިގެ ޒިކުރާއާއި ފިލާވަޅުތައް” މި މައުޟޫއަށް ކުރިއަށް ގެންދިޔަ މިއަދުގެ ހުތުބާގައި ބުނީ މުސްލިމުންނަށް އިއްޒަތާއި ގަދަރު ލިބުން އޮތީ އެމީހުންގެ އަގީދާގައި ހިފެހެއްޓި ވަރަކުން ކަމަށެވެ. އަދި އަގީދާ ބަލިކަށިވި ވަރަކަށް ނިކަމެތިވާނެ ކަމަށެވެ. މީގެ އިތުރުން މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަގީދާގައި ރެނދު އަޅައިފި ނަމަ...
މުޙައްމަދު އަފްރާޙް
ޗެލްސީއަށް ކުޅެމުންއައި އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕްލިސިޗް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެގެ ދަށުން އޭސީ މިލާނަށް ސޮއިކޮށްފިއެވެ. އުމުރުން 24 އަހަރުގެ ޕްލިސިޗް މިލާނާއި ގުޅިފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 20 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައެވެ. މިލާނުން ޕްލިސިޗްގެ އެއްބަސްވުން ހަދާފައިވަނީ އެ ކުލަބުން ބޭނުން ވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ. ޕްލިސިޗް މިލާނަށް ބަދަލުވެ މިހާރު އެ ޓީމާއިއެކު ވަނީ ފަރިތަކުރުންތައް ވެސް […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަށް ސުވާލުކޮށް ޖަވާބު ހޯދުމުގެ ފުރުސަތު ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށަން އެމްއެންޕީން ތައްޔާރުވެއްޖެއެވެ. ”ނާޒިމަށް ސުވާލެއް” ނަމުގައި ފަށާ މި ޕްރޮގްރާމަކީ، އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމްގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި، އޭނާގެ މެނިފެސްޓޯއާއި އަދި އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންކަމާގުޅޭ ގޮތުން ސުވާލުކޮށް އޮޅުން ފިލުވުމުގެ ފުރުސ...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް އަލުން ފެށީ މިދިޔަ ބުދަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން އެގޮތުން ބަންޑަވޯލްޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ ފުރިހަމަކޮށްފައިވާއިރު، ރިވެޓްމަންޓް މަސައްކަތުގެ 53 އިންސައްތަ އަދި ބިންހިއްކުމުގެ 54 އިންސައްތަ ވަނީ ފުރިހަމަ ކޮށްފައެވެ. މުޅި ޕްރޮޖެކްޓްގައި ނިމުފައިވަނީ 61 އި...
އަޙްމަދު ވަހީދު
ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެ ރަށުގައި ބާއްވާ “ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2023” ފުޓްސަލް މުބާރާތުގައި އިއްޔެ ކުޅުނު މެޗުތައް ލެއިޓްވުލްފާއި ބެލެކް ކޯނާ އެފްސީ އަދި ފިއުރިއަސް އިން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ލެއިޓްވުލްފާއި ފިއުރިއަސް ޖޫނިއާއެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ލެއިޓްވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލެއިޓްވުލްފްގެ ޖޯޒީ ނަމްބަރު 26، […]
އިބްރާހިމް ޚަލީލް
ށ. ކޮމަންޑޫ ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، ތެޔޮ ބޯޓެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް އެރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ތެޔޮ ޕޯޓެއް ޖެހި އެ ބޯޓު އަޑިއަށް ދާތީ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މި ބޯޓަކީ އެރަށަށް ތެޔޮ ހިފައިގެން ގޮސްފައި އޮތް އެފްއެސްއެމްގެ ތެޔޮ ބޯޓެކެވެ. މި ހާދިސާގައި އެ ބޯޓު ވަނީ ފަޅައިގެން ގޮސްފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ […]
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ “ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް” ގެ ގުރުއަތު ލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން އިއްޔެ ދިއްދޫ ކައުންސިލުގައި ބާއްވާފައިވާއިރު، މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދީފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މިގޮތުން މުބާރާތުގައި އަށް ކްލަބަކުން ވާދަކުރެ...
އިބްރާހިމް ޚަލީލް
ރައްޔިތުން ބޭނުންވާ މަސައްކަތް ކުރެވޭނީ ބޭނުންވާ ފުރުސަތު ހޯދައިދީގެން ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހަރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކ. މާފުށްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ އަންނަ ދައުރުގައި...
މުޙައްމަދު އަފްރާޙް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލާނެ ކަމަށާއި އެ ޕާޓީ ރޫޅާލުމުގެ މަސައްކަތް ކުރައްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ. “ދަ ޑިމޮކްރެޓްސް” އަށް ސޮއިކުރެއްވުމަށްފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވުމަކީ ފަސޭހަފުޅު ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ވެސް ވިދާޅުވި...
މުޙައްމަދު އަފްރާޙް