މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕޭނަށް ބޮޑު ތިލަދުންމަތީގެ 20 ރަށަކަށް ކުރެއްވި ދަތުރު މިހާރު ވަނީ ނިންމާލާފައެވެ. މި ދަތުރުގެ ނަތީޖާއާއިމެދު ނާޒިމްގެ ދަތުރު އިންތިޒާމްކޮށް އަރިހުގައި ރަށްތަކަށް ވަޑައިގެންނެވި އަދި އެ ޕާޓީގެ ފަރާތުން އުތުރު ސަރައްދުގެ ނައިބު ރައީސް ގޮތުގައި ހުންނެވި މުހައްމަދު ޝިހާބު ދެއްވީ ސާދާ ކުރު ޖަވާބެވެ. އޭނާ ވިދާޅުވިގޮތުގައި ބޮޑުތިލުދުންމަތިން […]
ޔުމްނާ ޢަލީ
ފިއްލަދޫ ސްޕޯރޓްސް އެކެޑަމީ އިން އިންތިޒާމު ކޮށްގެން ވައި-ޑީ-ޕީ ކުދިންގެ މެދުގައި ފުޓްބޯޅަ އަދި ހޭންޑްބޯޅަ މުބާރާތެއް ބާއްވައިފިއެވެ. މި މަހުގެ 6 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަަަަށް ގެެންދެވުނު މި މުބާރާތް އަމާޒު ކޮށްފައިވަނީ 12 އަހަރުން ދަށް އަދި 17 އަަހަރުން ދަށުގެ ފުޓްބޯޅަ އަދި ހޭންޑްބޯޅަ ކުޅޭ ކުދިން ނަށެވެ. ފުޓްބޯޅަ މުބާރާތުގައި 12 އަހަރުން ދަށުގެ އުމުރު ފުރާއިން ސުޕަ ކިޑްސް ޗެންޕިއަންކަން ހޯދީ ވާދެވެރި ޖުޕިޓާރ […]
އަލީ އާދިލް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތް ދިނުމަށް ހަދާފައިވާ އެޕްލިކޭޝަނުގައި ކަސްޓަމަރުން ބޭނުންކުރާ ބޭންކު ކާޑުތަކުގެ މައުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ އެއްވެސް މައުލޫމާތެއް ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމަށް އެމްޓީސީސީން ބުނެފިއެވެ. އެމްޓީސީސީން މިހެން ބުނީ އާރްޓީއެލް އެޕްލިކޭޝަންގެ ޑިޖިޓަލް ސިސްޓަމްއާ ބެހޭގޮތުން ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ފަތުރާތީ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އެ ކުންފުނިން ބުނީ އާރްޓީއެލް ހިދުމަތް ފެށުނީއްސުރެ އެ ހިދުމ...
އަޙްމަދު ވަހީދު
އުރީދޫ މޯލްޑިވްސްއިން އޭވިއޭޝަން ސާވިސަސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެން އެ ކުންފުނީގެ ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ. މި އޮފާގެ ދަށުން އުރީދޫ ކްލަބް ޕްރިމިއާގެ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުންނަށް ރާއްޖޭގައި އޮޕަރޭޓްކުރާ އެއް އެއާލައިން ކަމަށްވާ އިންޑިގޯ އެއާލައިންގެ ފްލައިޓް ޓިކެޓުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. މި ހާއްސަ އޮފާގެ ބޭނުން ހިފުމަށް ކްލަބް ޕްރިމިއާ ގޯލްޑް އަދި ޕްލެޓިނަމް މެމްބަރުން ޓިކެޓް ނަގަން […]
އަޙްމަދު ވަހީދު
ސިންގަޕޫރުގެ ބިލިއަނަރެއް ކަމަށްވާ އޮންގް ބެން ސެންގްގެ މައްޗަށް އެ ގައުމުގެ އެންޓި ކޮރަޕްޝަން ބިއުރޯއިން ތަހުގީގު ހިންގަމުންދާ ތަހުގީގުގެ ތެރެއިން, މިހާރު އެ ގައުމުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެ ބިއުރޯއިން ސުވާލު ކުރާނެ ކަމާ މެދު ސިންގަޕޫރުގެ ނޫސްތަކުން ސުވާލު އުފައްދަން ފަށައިފި އެވެ. އަދީބު މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާގެ ބޭނުމެއްގައި 10 ދުވަހަށެވެ. ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހިންގާ އޮންގް ހައްޔަރުކޮށް ތަހުގީގު ހިންގަން ފެށީ […]
ހުސައިން ހަބީބް
މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މާލޭގައި 2021 ވަނަ އަހަރު މީހަކު އޭނާގެ މަން ކަތިލާނެ ކަމަށް ބުނެ މަންމައަށް އިންޒާރު ދިނީ ގޭގެ ތަކެއްޗަށް އޭނާ ގެއްލުން ދޭތީ އެކަން ނުކުރަން މަންމަ ބުނުމުންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކުރީ އިއްވީ ހަ މަސް ދުވަހުގެ ޖަލަށްލުމަށެވެ. އެކަމަކުއޭނާ ތަހުގީގު މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން […]
ހުސައިން ހަބީބް
ދުނިޔެދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެމެރިކާގެ މޭޖަ ލީގު ސޮކާގެ އިންޓަ މިއާމީއަށް ސޮއި ކޮށްފިއެވެ. ބޮލެންޑިއޯ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ފާއިތުވި ދެ އަހަރު ކުޅެފައިވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ. ފާއިތުވި އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިން މެސީ އިންޓަ މިއާމީއާއި ގުޅުމަށް ފަހު […]
އިބްރާހިމް ޚަލީލް
މ. ކޮޅުފުށީގައި މޫދަށް އެރި އުޅުނު ކުއްޖަކު ނިޔާވެއްޖެއެވެ. ދިވެހިި ފުލުހުންގެ ހިދުމަތުން ވިދާޅުވީި މ. ކޮޅުފުށީގައި ގެއްލިގެން ހޯދަމުންދިޔަ ކުއްޖަކު މޫދުން ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށެވެ. އަދި އެއީ އުމުރުން 1 އަހަރުގެ ކުއްޖެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ އެކުއްޖާ ނިޔާވެފައިވާ މައްސަލަ އެ އިދާރާއަށް […]
މުޙައްމަދު އަފްރާޙް
މިއަހަރު ރާއްޖެއިން އެއް މިލިއަން ވަނަ ފަތިރުވެރިޔާއަށް މިއަފު މަރުހަބާ ކިޔައިފިއެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ ބްރިޓިޝް އެއާވޭސް އިން ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އެންޓޮން ޕަވްލޮވްއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެކެވެ. ޕަވްލޮވް ރާއްޖެއާއި އަނބިމީހާ އާއި ދަރިފުޅާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެގޮތުން، ޗުއްޓީ ހޭދަކުރާނީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި ކަމަށާއި ރާއްޖޭ...
އަޙްމަދު ވަހީދު
މ. މުލަކު ޞިއްޙީމަރުކަޒަށް އިތުރުކުރި އިމާރާތް މިއަދު ހުޅުވައިފިއެވެ. މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނެވެ. މިއަދު ހެނދުނު މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ވަނީ، އެ ޢިމާރާތާއި މުލަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ. މުލަކު ޞިއްޙީމަރުކަޒަށް އިތުރުކުރެވުނު ޢިމާރ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރައީސް ޔާމިނާއި އެކީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން ކުޅުދުއްފުށީގައި ރޭ ބޭއްވި “ދިވެހީންގެ ރާއްޖެ” ރައީސް ޔާމީން 2023 ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ ކުޅުދުއްފުއްޓަށް ޔާމިންގެ ސަރުކާރުގައި ގެނެސްދީފައިވާ ތަރައްގީ ފިޔަވާ މާބޮޑު ތަރައްގީއެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި ފާއިތުވި 5 އަހަރު ތެރޭގައި އެސިޓީގައި ބ...
މުޙައްމަދު އަފްރާޙް
އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ. ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައި އީސީން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެ ފުރުސަތު ވަނީ 16 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 5 އޮގަސްޓު 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށައަޅާނީ ރަޖިސްޓަރީ ވެފައިވާ ރަށް […]
ޔުމްނާ ޢަލީ
ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 366 މީޓަރުގެ ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 212 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން، 1859 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ […]
އަޙްމަދު ވަހީދު
ބޯހިޔާވަހިކަމަކީ އަސާސީ ހައްގެއް ކަމަށާއި ނިކަމެތިންނަށް ހިލޭ ގޯތި ހައްގުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެޕާޓީގެ ޖަގަހަ ހުޅުވަން ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ މިއަދު ގޯތި ދިނުމުގެ ސިޔާސަތަށް ބަލާލީމައި ވޯޓަށް ޖަހާލި “ޗައްކަރެއް”ގެ ގޮތުގައި ސިފަވަމުންދާ ކަމަށާއި މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނީ […]
މުޙައްމަދު އަފްރާޙް
“ދަ ޑިމޮކްރެޓްސް” ގެ ރިޔާސީ ޕްރައިމަރީއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. މިކަން ހާމަކުރީ އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެވެ. ރޭ ބޭއްވި މި ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ދެ ދުވަސްތެރޭ ހުޅުވާލާނެ ކަމަށެވެ. އެގޮތުން މި ޖުލައި މަހުގެ 17 ވަނަ ދުވަހު ރިޔާސީ ޕްރައިމަރީ އަށް […]
މުޙައްމަދު އަފްރާޙް
ކުރީގެ އަދާއިގުޅޭ، ހާރޫން ބުނެލި ޖުމްލަ ރަނގަޅަށް ފަހުމް ވުމުން ޔަޝްމީއަށް ބުނެވުނެވެ. ހިތްހަމަ ނުޖެހުނުވަރުން އޭނާ އަވަސް އަވަހަށް ޓީވީ ނިއްވާލުމަށްފަހު ތެދުވެއްޖެއެވެ. އެހިނދު އަނެއްކާވެސް ސޯފާމަތީގައި އޮތް ކޮތަޅު ޔަޝްމީގެ ލޮލުގައި އަޅައިގަތެވެ. ކޮތަޅުގެ އެތެރެ ބަލައިލިއިރު އޭގައި އޮތީ ރަތްކުލައިގެ ކަރުދާހަކުން ބަންދުކޮށްފައި އޮތް ކުޑަ ފޮށިގަނޑެކެވެ. ޔަޝްމީއަށް ދެން ބަލައިލެވުނީ ހާރޫންގެ ކޮޓަރިއާއި ދިމާލަށެވެ. އޭރު ހާރޫން ކޮޓަރިއަށް ވަދެ ދޮރުވެސް ލައްޕައިފިއެވެ. ސޯފާގައި އިށީނދެލައިގެން އިނދެ...
ސަލާމާ ޢަބްދުލް ޢަލީމް
އިތުރު ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، މުލީގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް މިހާރުގެ ރައީސް އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅާއި ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މީގެ އިތުރުން މުލީ ހޮސްޕިޓަލްގެ މަޝްރޫއު ވަނީ މިހާރު ޓެންޑާ އަށް ހުޅުވާލެވިފައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި އ...
މުޙައްމަދު އަފްރާޙް
ޕްރިމިއާ ލީގުގެ ވެސްޓްހޭމްއަށް ކުޅެމުންއައި އިންގްލެންޑްގެ މިޑްފީލްޑަރ ޑެކްލަން ރައިސްގެ ސޮއި އާސެނަލުން ހޯދައިފިއެވެ. އުމުރުން 24 އަހަރުގެ ރައިސް އާސެނަލަށް ސޮއި ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 138 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައެވެ. އާސެނަލުން ރައިސްއާއިއެކު އެއްބަސްވުން ހަދާފައި ވަނީ ކުލަބުން ބޭނުންވެއްޖެނަމަ އިތުރު އެއް އަހަރު އެއްބަސްވުމަށް އިތުރު ކުރެވޭ ގޮތަށެވެ. ރައިސްވެފައި ވަނީ އެންމެ އަގުބޮޑު ޓްރާންސްފާއެއްގައި ޓީމް ބަދަލުކުރި އިނގިރޭސި ކުޅުންތެރިޔާއަށ...
އިބްރާހިމް ޚަލީލް