އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރަނިންމޭޓް ކަމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް (ފަޔާ) މިއަދު ވިދާޅުވެއްޖެއެވެ. ފަޔާ މިހެން ވިދާޅުވީ، ”ރައީސް ސޯލިހުގެ ރަނިންމޭޓު ހޮވަން މި ފަހަރު ވެސް ގަދަ ހިފުމަކަށް” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ. އެ ޚަބަރުގައި ރައީސް ޞާލިޙް ރަނިން ރަނިންމޭޓަކަށް ނަންގަވާފާނެ ކަމަށް ލަފާކުރެވޭ...
ޔުމްނާ ޢަލީ
ށ. ޅައިމަގުގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އަދި އެގްރޯނެޓް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިކަމާއި ގުޅޭ މައުލޫމާތު ‘ތިލަދުން’ އަށް ހިއްސާ ކުރައްވަމުން ޅައިމަގު އެސިސްޓެންޑް ކައުންސިލް އެގްޒެކެޓިވް އަހްމަދު ޝިނާން ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށްދާނީ މިޖުލައި މަހުގެ 22 ން ފެށިގެން 27 ގެ ނިޔަލަށް ކަމަށެވެ. އަދި މިއީ އެއްވެސް ފީ އެއް ނެގުމަކާއި ނުލާ ކުރިއަށް...
މުޙައްމަދު އަފްރާޙް
ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ގާނޫނާއި ހިލާފަށް ވިއްކާލަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ކޮށްފިއެވެ. އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ރައީސް ސާލިހުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށާއި ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެ ކަމަށެވެ. އެ ނޫސްބަޔާނުަގއި އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓް...
މުޙައްމަދު އަފްރާޙް
ކުރީގެ އަދާއިގުޅޭ، ” ޔަޝްމީވެސް ރަށަށޭ އަންނަންވީ! މަންމަމެން މަސް ކައްކާ ހަދާއިރު ފަސޭހަ ވާނެދޯ އޭނަވެސް މިތާ ހުރިއްޔާ! ” ޝަހާނާ އަނެއްކާވެސް ކުދި ކިޔާ އުސޫލުން ވާހަކަ ދެއްކިއެވެ. ޝަހާނާ އެހެން ބުނުމުން އޭނާ ކޮންމެެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައި ހުރިކަން ފާއިޒާއަށް އެެނގުނެވެ. ” ކައިވެންޏަށްފަހު އަނބިމީހާ އުޅެން ޖެހޭނީ ފިރިމީހާ ދައްކާ ތާކު..” ޝާކިރު ތަންކޮޅެއް ހަރުކަށިކޮށް އެހެން ބުނުމާއެކު ޝަހާނާ ކުޑަކޮށް ޖެހިލުންވިއެވެ. އެހެންކަމުން އޭނާ އިތުރަށް އެއްޗެއް ނުބުނެ […]
ސަލާމާ ޢަބްދުލް ޢަލީމް
ހއ. އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވ...
އަޙްމަދު ވަހީދު
ވ. އަތޮޅަށް އަމާޒުކޮށް އިގްތިސޯދީ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ދިވެހިރައްޔިތުންގެގ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މ. އަތޮޅަށާއި ވ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ކެޔޮދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އެކަމުގެ ތަފްސީލެއް ހާމަނުކުރެއްވިނަމަވެސް އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް އެ އަތޮޅުގައި ފެށޭނެކަން އިއުލާނުކުރައްވާފައެވެ. އ...
މުޙައްމަދު އަފްރާޙް
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމަށް ވާ ތައްޔާރީގެ ތެރޭގައި ހިމެނޭ އެ ރަށު ޑްރައިވިން ޓްރެކް އެޅުމުގެ މަސްއްކަތް ނިންމަން ހަވާލުކޮށްފިއެވެ. އެ ޓްރެކުގެ އަމަލީ މަސައްކަތް ނިންމަން ހަނިމާދޫ ކައުންސިލުން ވަނީ މިއަދު މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައެވެ. މި ޓްރެކް އަޅަން ކައުންސިލުން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ފެނަކަ އިމާރާތާއި ދެމެދުގައި އޮތް ހުސް ބިމުގައެވެ. ހަނިމާދޫގައި އަޅާ ޑްރައިވިން ޓްރެކާއި ގުޅޭގޮތުން މި...
އިބްރާހިމް ޚަލީލް
ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތިގައި މި މަޝްރޫއުގެ 75 އިންސައްތަަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތާއި، އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތާއި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 31,222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]
އަޙްމަދު ވަހީދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ. އދ. ގައި ތަގްރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން އިންފޮމޭޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ...
ޔުމްނާ ޢަލީ
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަންގެ މަގާމްގައި ފާއިތުވި ތިންއަހަރު ހުރި އިންގްލެންޑްގެ ޑިފެންޑަރ ހެރީ މެގުއާ އަތުން ކެޕްޓަން ބޭންޑް އަތުލަން ނިންމައިފިއެވެ. އުމުރުން 30 އަހަރުގެ މެގުއާ މެންޗެސްޓާ ޔުނައިޓެޑާއި ގުޅިފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ލެސްޓާ ސިޓީން އޭނާ ޔުނައިޓެޑަށް ގެނައީ އޭރުގެ ކޯޗަކަށް ހުރި ސޯލްޝެއާއެވެ. މެގުއާ ޔުނައިޓެޑާއި ގުޅުނުތާ ހަމަސް ފަހުން 2020 ވަނަ އަހަރު ޖަނަވަރީ މަހު ސޯލްޝެއާ ވަނީ މެގުއާއަށް ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ދީފައެވެ. ޔުނައިޓެޑްގެ ކޯޗްގެ […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ދަތުރުފަތުރުގެ އަގު ހެޔޮކޮށްދީ، ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ބަހުގެ ހިދުމަތްތައް ގާއިމު ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “އާސްކް ނާޒިމް” ޕްރޮގްރާމްގައި “ނާޒިމްގެ ސަރުކާރެއްގައި ދަތުރު ފަތުރުގެ ނިޒާމަށް ގެންނަ ކުރިއެރުމަކީ ކޮބައިތޯ” ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މާލެއިން ފެށިގެން ހުޅުމާލެއަށް މ...
މުޙައްމަދު އަފްރާޙް
ސަރުކާރުން ވ. ރަކީދޫގައި ތަރައްގީކުރި ބަނދަރު، ރައީސް ހުޅުވައިދެއްވައިފިއެވެ. މި ބަނދަރު ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު މުލަކަތޮޅަށާއި ފެލިދެއަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނު ރަކީދޫ އަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ވެސް ފާހަގަކޮށްދެއްވާފައެވެ. ރަކީދޫ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި އިންސްޓަ360 ގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓަރު ރަންފައުން، ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީއާ ގުޅިއްޖެއެވެ. މޫލީ ގައި އިންސްޓަ 360 ޑިވައިސްތަށް ލޯންޗު ކުރުމުގެ ގޮތުން މޫލީއިން ގަންނަ އިންސްޓަ360 ކެމެރާއާއި އެކްސެސަރީޒްތަކުން ކަސްޓަމަރުންނަށް 13 އިންސައްތާއާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އިންސްޓަ 360 ޑިވައިސް އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދީ، 360 ޑިގްރީގެ ހިތްގައިމު ކޮންޓެންޓް ފަސޭހަކަމާއެކު ކެޕްޗާ ކުރުމުގ...
އަޙްމަދު ވަހީދު
ގދ. މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، ހޯޑެއްދޫ އިން ކަންނަގިއްލާއަށް ގުޅާލާ ބްރިޖްގެ ޕައިލިންގް މަސައްކަތްތަކުގެ 95 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މި ބްރިޖްގެ ޕައިލް ކެޕް ކޮންކްރީޓް މަސައްކަތްތައް މިއަންނަ ހަފުތާތެރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ […]
އަޙްމަދު ވަހީދު
ރިޔާސީ އިތުރު ދައުރެއް ލިބިވަޑައިގެންފިނަމަ، މ. މަޑުއްވަރީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް ހޭޅިފަށް ރައްކާތެރި ކޮށްދެއްވާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކެމްޕޭނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުނީގެ މައްސަލައަށް ހައްލު ހޯދުމުގެ މަޝްރޫއުގައި އެރަށަށް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ވޭވަށު ބޭރުގައި އަޅާފަ އޮތް މަސް ކަނދުފައް...
މުޙައްމަދު އަފްރާޙް
“ކޯޓަށް ފަރިތަ” ނަމުގައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ. މި ކެމްޕޭން އިފްތިތާހު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއީ ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާއި ކޯޓުތަކާއި ގުޅުންހުރި މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސިލްސިލާކޮށް ހިންގުމަށް ހަމަޖެހިފައިވާ ކެމްޕޭނެއް ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ “ކޯޓަށް ފަރިތަ” ހޭޝް ޓެގާއެކު މި ތައާރަފް ކުރ...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” ދުވަހަކުވެސް އަދި މީހެއްދެކެ އަހަރެން ލޯތްބެއް ނުވަން. މީހެއްދެކެ ލޯބިވެވިގެން އެ ކުރެވޭ އިޙްސާސްތަކެއްވެސް އަހަންނަކަށް ނޭނގެ! އެފުރުޞަތުވެސް އަހަންނަށް ނުލިބި އުޅެނިކޮށް މިޖެހުނީ މީހެއްގެ އަޅުވެތިވާން..” އެހެން ބުނެވުމާއިއެކު ޔަޝްމީއަށް ގިސްލެވެން ފެށިއެވެ. ހިތްފުރެންދެން އޭނާ ރުއީ ހަމަ އެތާ ހުރެގެންނެވެ. ރުޅިވެރިކަމާއިއެކު އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ އޭނާ ދިޔައީ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފުހެމުންނެވެ. *** ގަޑިން ހަވީރު 4:30 ވެއްޖެއެވެ. ދަރުބާރުގޭގައި...
ސަލާމާ ޢަބްދުލް ޢަލީމް
އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވިމްބެލްޑަން ޓެނިސްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނާގައި މިވަގުތު އޮތް އުމުރުން އެންމެ 20 އަހަރުގެ އަލްކަރާޒް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ، މިވަގުތު ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ސާބިއާގެ ނޮވަލް ޖޮކޮވިޗް ބަލިކޮށްގެންނެވެ. ރޭ ކުޅުނު ވާދަވެރި ފޯރިގަދަ ފައިނަލް މެޗު އަލްކަރާޒް ކާމިޔާބު ކޮށްފައި ވަނީ ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ސެޓްތައް ގޮސްފައިވ...
އިބްރާހިމް ޚަލީލް